މީހުން ދިރިއުޅޭ ކޮންމެ ރަށެެއްގައިހެން ޑޮލަރު އޭޓީއެމްތައް ބަހައްޓައިގެން އުޅޭއިރު، ޢާއްމު ބޭނުންތަކަށް ޑޮލަރު ލިބުން ތާށިވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
މީގެ ކުރިން ޑޮލަރު ނެގޭ އޭޓީއެމްތައް ހުންނަނީ މާލޭ ސަރަޙައްދުގައި އެކަންޏެވެ. އެހެން ނަމަވެސް މިހާރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ވަނީ ބީއެމްއެލްގެ ޑޮލަރު އޭތީއެމްތައް ބަހައްްޓާފައެވެ. އެހެންކަމުން ޑޮލަރަކީ މިހާރު ވަރަށް ފަސޭހައިން ނެގޭ އެއްޗަކަށް މިވަނީ ވެފައެވެ.
އެހެންނަމަވެސް، މިހާރަކަށް އައިސް ޑޮލަރު ލިބުމުގައި ދަތިތަކެއް އުޅޭކަމުގެ ވާހަކަތައް މިވަނީ އިތުރުވެފައެވެ. މިހާރު އުފެދޭ ސުވާލަކީ ޑޮަލަރު އޭޓީއެމްތަކުން ޑޮަަލަރު ނެގޭތޯއެވެ. އަދި ޖަމާކުރެވޭތޯއެވެ. އެކަން އެހެން ނުވާނަމަ، އެއީ ވެސް ބޮޑު އިސްރާފަކަށް ވެދާނެއެވެ. އަދި ޑޮލަރުގެ އަގު ބޮޑުވުމުގެ އެއް ސަބަބަކަށް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު