އެމްއެމްއޭން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅުބަޒާރުގައި ބޭރު ފައިސާ ވިއްކާކަމުގެ ހަބަރު މީޑިއާގައި ޖެހުން މަނާކޮށްފި އެވެ. އެގޮތަށް ފާސްކުރީ މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި 47 މެންބަރުންގެ ވޯޓުންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެވިއްކުން އިޝްތިހާރުކޮށް ފެތުުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫންވެސް އެހެން ގޮތަކުން އާއްމުކޮށް އެނގޭގޮތަށް މައުލޫމާތު ހާމަކޮށް، ޝާއިއުކުރުމަކީ މަނާކަމެކެވެ.
އެފަދަ ކަމެއް ކޮށްފިނަމަ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 25،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެފަދަ ވާހަކަ އާއްމު ކުރަނީ ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ، އަދަބަކީ 100،000ރ. އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު