ށ. މާއުނގޫދޫ ފެނަކަ ސްޓޭޝަން މެނޭޖަރާއެކު 11 މުވައްޒަފުން ކުއްލިގޮތަކަށް ވަކިކޮށްފި.

މިލައުތުރު | 27 އޮގަސްޓު 2026 | ޚަބަރު
1

ށ. މާއުނގޫދޫ ފެނަކައިގެ ސްޓޭޝަން މެނޭޖަރު ހިމެނޭހެން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި އެވެ.

މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ “ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ރިޑަންޑަންސީ އުޞޫލް 2026” ގެ ދަށުންނެވެ. އަދި ޤާނޫނީ ގޮތުން ދޭންޖެހޭ ނޯޓިސްގެ ބަދަލުގައި އެ މުއްދަތަށްވާ ފައިސާ ދޭގޮތަށެވެ. ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ސްޓޭޝަން މެނޭޖަރާއި، ފެނަކައަށް 16 އަހަރު ޚިދުމަތްކޮށްފައިވާ ޓެކްނީޝަނުންގެ އިތުރުން ކޮންްޓްރެކްޓް މުވައްޒަފުން ހިމެނެއެވެ.

Advertisement

ދާއިރާ ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު މަމްދޫޙް (މަންޑޭ) އަކީ ސަރުކާރާއި އެންމެ އަރިސް އެއް ބޭފުޅެއް ކަމަށް ވެފައި، ސަރުކާރު ޕްރޮމޯޓް ކުރުމުގައި 24 ގަޑީއިރު ހޭދަކުރައްވާ ބޭފުޅަކަށް ވެފައި، ދާއިރާގެ ވަރަށް ގިނަ އާއިލާތަކެއް ކުއްލިގޮތަކަށް ބިކަކޮށްލީތީ، ރައްޔިތުންގެ ތެރޭގައި އޮތީ ނުތަނަވަސްކަމާއި ރުޅިވެރިކަން އުފެދިފައެވެ. ތަރައްޤީއަށްޓަކައި އެއްވެސް ނުވިތާ ގިނަ ބަޔަކަށް ބޮޑު އަނިޔާއެއް ދިނީތީ އާއި، ވަކި ބަޔަކަށް އަމާޒުކޮށްގެން ވަޒީފާތަކުން މީހުން ކަނޑަމުން ގެންދާތީ، ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

މާއުނގޫދޫގެ ރައްޔިތުން ދެކޭގޮތުގައި މުވައްޒަފުންގެ އެއްވެސް ކުށެއްނެތި ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އަދި އެކަމުގެ ސަބަބުން ބަދަލުހިފުމުގެ ނުބައި ރޫޙެއް އުފެދިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޢ ޢޯއި
mandey hithi gothakah ninigen dhaane