ބޮޑު ތަރުހީބަކާއެކު މާއުނގޫދޫގައި ކަނބަލުންގެ ކަސްރަތު ޕްރޮގްރާމެއް!

ށ. މާއުނގޫދޫ | 30 އޮގަސްޓު 2026 | ޚަބަރު

މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމުކޮށްގެން، މާއުނގޫދޫގެ ކަނބަލުންގެ ސިއްޙީ ދުޅަހެޔޮކަން އިތުރުކޮށް، އެކުވެރިކަމާއި އިޖްތިމާޢީ ރޫހު އާލާކުރުމުގެ މަޤްސަދުގައި ކަނބަލުންގެ ކަސްރަތު ޕްރޮގްރާމެއް ވަނީ މިއަދު ފެށިފައެވެ. ޖުމްލަ 68 ބައިވެރިންނާއެކު 3 އިރުގެ ކުލާސްތަކަަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް 3 ހަފްތާގެ މުއްދަތަކަށް ކުރިއަށްގެންދާނެކަމަށް ކޮމެޓީއިން މަޢުލޫމާތު ދީފައިވެއެވެ.

 

Advertisement

މި ޕްރޮގްރާމްގެ ތެރެއިން އެއިރޯބިކްސް ކަސްރަތަށް ޚާއްސަ މެގާ ކުލާސްތަކެއް މާއުނގޫދޫގެ ތާރީޚްގައި މުޅިން އަލަށް ކުރިއަށްގެންދެވޭކަމީ، މާއުނގޫދޫގެ ކަނބަލުންނަށް ކޮެމެޓީގެ ފަރާތުން ފަހިކޮށްދެވުނު ވަރަށް ރަނގަޅު ފުރުޞަތެއްކަމަށް ކޮމެޓީއިން ފާހަގަކުރިއެވެ. އަދި ރަށުގެ ކަނބަލުންގެ ފަރާތުން ކޮމެޓީގެ މަސައްކަތު ތާވަލަށް އެންމެ ގިނަ ރިކުއެސްޓް ލިބުނު ޕްރޮގްރާމަށް މި ކަސްރަތު ޕްރޮގްރާމް ވެގެންދާ ހިނދު، ކަނބަލުން އެދިލައްވާގޮތަށް މަޝްވަރާ ހޯދައިގެން ލަނޑުދަނޑިތައް އެކުގާ ހާސިލްކުރުމަށް ކޮމެޓީއިން ގަދައަޅާ މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ކޮމެޓީއިން ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.