ފީވަކު ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ހުއްޓިއްޖެ.

ށ. ފީވައް | 1 ސެޕްޓެމްބަރ 2026 | ޚަބަރު

ށ. ފީވަކު ސްކޫލް ރީލޮކޭޓްކުރުމަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލާއި، ކްލާސްރޫމްތަކާއި އޮފީސް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓިއްޖެ އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިޒުގެ ވަޢުދުފުޅުގެ ދަށުން ފީވަކު ސްކޫލްގައި ޤާއިމްކުރުމަށް ފަށާފައިވާ ވަޞީލަތްތަކެވެ. މި މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓުރެކްޓިންގ ކޮމްޕެނީއާ ޙަވާލުކޮށްފައިވަނީ 14 ސެޕްޓެމްބަރ 2025 ގައެވެ. އެހެންކަމުން މި މަޝްރޫޢަށް ވެސް އަހަރެއް ވާން ދެ ހަފުތާއަށް ވުރެ ކުޑަތަން ވީއެވެ. މި މަސައްކަތަށް ވެސް ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ނަގާފައި ވެއެވެ.

Advertisement

މަސައްކަތަށް ކުރުމަށް ގެނެސްފައިވާ އެކްސްކަވޭޓަރާއި ލޮރީ ފަދަ ވެހިކަލްތަކާއި އެހެނިހެން އާލާތްތައް މިހާރު ވަނީ އެހެން ރަށަކަށް ގެންދެވިފައިކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުންވެސް ށ.ފީވަކުގައި ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ހުރިހާ މަސައްކަތަކެއް ވެސް ވަނީ މުޅިން ހުއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.