މުވައްޒަފުންތައް ކަނޑާލުމަށް ފަހު، ވަޒީފާއެއް ލިބިދާނެ އިތުރު ފުރުސަތެއް އޮތަސް ބަންދުކުރަނީ…

މިލައުތުރު | 2 ސެޕްޓެމްބަރ 2026 | ޚަބަރު

ސަރުކާރު ކުންފުނިތަކުން އެތައް ހާސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ފަހު، އެމީހުންނަށް ވަޒީފާއެއް ލިބިދާނެ އިތުރު މަގެއް އޮތަސް އެމަގެއް ވެސް ބަންދުކުރުމުގެ މަސައްކަތް ފަށައިފި ކަހަލައެވެ.

މިކަމަށްޓަކައި އެލްޖީއޭ އިން ވަނީ ވަރުގަދަ ސިޓީއެއް ކައުންސިލްތަކަށް ފޮނުވާފައެވެ. އެ ސިޓީގައި ނުސީދާ ގޮތެއްގައި އިންޒާރުކޮށްފައިވަނީ ކަނޑާލާ މުވައްޒަފުންނަށް ކޮންޓްރެކްޓް އުޞޫލުން ވެސް ވަޒީފާއެއް ދޭންވާނީ ދުރާލާ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހުގައި ކަމަށެވެ.

Advertisement

ބައެއް ފަރާތްތަކުން މިކަން ދެކެނީ އަނިޔާވެރިކަމުގެ މުޅިން އެހެން ލެވެލްއެއްގެ ގޮތުގައެވެ. އަދި އަނެއްބައި މީހުން ދެކޭގޮތުގައި އެފަދަ ކަމެއް މަނާކުރުމުގެ ޤާނޫނީ ބާރުވެރިކަމެއް އެލްޖީއޭއަށް ލިބިގެން ނުވާކަމަށެވެ. އެހެނީ ކައުންސިލްތަކަކީ ވެސް ޤާނޫނަކުން ބާރުތަކެއް ތަރުތީބުކުރެވިފައިވާ މުއައްސަސާތަކެކެވެ.

ބައެއް ރަށް ރަށުން ކަނޑާލި މުވައްޒަފުންނަށް ކައުންސިލުން ވަގުތީ ވަޒީފާގެ ފުރުސަތު އަންނަނީ ފަހިކޮށްދެމުންނެވެ. މި ސިޓީއާއެކު އެ ފުރުސަތު ވެސް ގެއްލުވާލުމަކީ ލިބެން އޮތް ހަނި ފުރުސަތު ވެސް ބަންދުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.