ސަރުކާރުގެ ތިން ވުޒާރާ ހުރި އިމާރާތް އެނދި ހާދިސާއާއި ގުޅޭގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅެއްގެ ސަބަބުން އެ ހާދިސާގެ ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކަމަށް ބުނެ ފުލުހަށް ހާޒިރު ކުރައްވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވެ ފުލުހަށް ގެންދެވޭ ގޮތެއް ނުވިއެވެ.
މިނިސްޓަރ އިހުސާން ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ދެއްކެވި ވާހަކަފުޅު ތަޙްޤީޤު ކުރެއްވުމަށް ފުލުހުންނަށް ދަންނަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ފުލުހަށް ހާޒިރުވުމުގެ އަމުރު ޙަވާލުކުރެއްވުމަށް ފުލުހުން ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހަށް ގެންދަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ސިޓީއެއް ވެސް ވަނީ ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު