
ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ކޮންގްރެސް މިއަދު ސޯޝަލް ސެންޓަރުގައި ފަށައިފި އެވެ. ވެރިކަންކުރާ ޕީއެންސީގެ ކޮންގްރެސް އަކީ މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ކޮންގްރެސް އެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީއެންސީގެ ކޮންގްރެސްގައި 1300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. މިއީ ތާރީޚީ ރެކޯޑެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހިންގުތެރިކަމުގައި ޕީއެންސީއަށް ގެންނެވި ހަރުދަނާ ބަދަލުތަކާއެކު 80،000 އާއި ގާތްކުރާ އަދަދަކަށް މެންބަރުން ވަނީ އިތުރުވެފައެވެ. އަދި އެމަނިކުފާނު އަމާޒު ހިތްޕަވާފައި މިހާރު ހުންނެވީ ދެ ލައްކަ މެންބަރުން ހަމަކުރެއްވުމަށް ކަމަށް ބައެއް އެކްޓިވިސްޓުން ބުނެއެވެ.
އަދި އެންމެ ބޮޑު ތަސައްވަރަކީ 2028 ގެ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވައި، ރާއްޖޭގައި ދެވަނަ ދައުރެއްގައި ވެރިކަން ކުރައްވާނެ ބޭފުޅެއް ކަމުގައި އެމަނިކުފާނު ވެވަޑައިގެން އަނެއް ރެކޯޑް ހެއްދެވުން ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު