ކަޅުބާޒާރުން ޑޮލަރު ގަނެގެން ބަންގާޅަށް ގެންދަނީ…

މިލައުތުރު | 19 ސެޕްޓެމްބަރ 2026 | ރިޕޯޓު

މާލޭގެ މަގުތަކުގައި ހިންގާ ޑޮލަރު މާރުކުރުމުގެ ބާޒާރަކީ ބަންގްދޭޝް މީހުން ހިންގާ ބާޒާރެކެވެ. އެމީހުން ޑޮލަރު ގަނެގެން ގެންދަނީ ވެސް ބަންގާޅަށެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުން ހުއްޓުވަން މަސައްކަތްކުރާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެގައި ހިންގި އޮޕަރޭޝަނެއްގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސްތިއްބައި ހުއްޓުވި ބަންގްލަދޭޝްގެ 6 މީހެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ވަނީ ހިފަހައްޓާފައެވެ.

Advertisement

ހިފެހެއްޓުނު ފައިސާގެ ތެރޭގައި 174,161 ޔޫ.އެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓަރލިންގ ޕައުން ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނޭއިރު، ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި) އަށް އަރައެވެ.

މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ 6 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.