ޓޯޔާޑުތައް ނުބެލެހެއްޓި ގޮނޑުވެފައި، ޓޯކުރަނީ ކީއްކުރަންބާ!

މިލައުތުރު | 22 ސެޕްޓެމްބަރ 2026 | ރިޕޯޓު

މާލޭގެ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް ޕާކް ކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރުމަކީ ވެސް ދޭތެރެ ދޭތެރެއިން ކުރާ ބޮޑު ވިއްސާރައެކެވެ. ނޫސްތަކުގައި ނިކަން ބޮޑެތި ސުރުޚީތައް އަޅާލުމަށް ފަހު އަނެއްކާ ވެސް ކޮޅިގަނޑު މަޑުވެގެންދާ ފަދައިންނެވެ. ޓޯކުރުމަށް ފަހު، ޓޯޔާޑްތައް ހުރީ ގޮނޑުވާން ދޫކޮށްލާފައެވެ.

މާލެ އާއި ހުޅުމާލޭގައި ޤަވައިދާ ޚިލާފަށް ވެހިކަލް ޕާކް ކުރުން މިހާރުގެ ވަޒީރު ޙައްލުކޮށްދެއްވީ ވެސް ހަމަ އެފަދަ ގޮތަކަށެވެ. ވަރަށް ހަރުކަށި އިބާރާތުން އެކަން ދަމަހައްޓަވާފައި، މީހުންގެ އަގު ބޮޑު މުދާތަކެއް ތިލަފުއްޓަށް ގެންގޮސް އެތަކެއް ގެއްލުންތަކެއް ދީފި އެވެ. ޙާޞިލްވީ ކޮން ކަމެއްތޯއެވެ. ޢާއްމު ރައްޔިތުންގެ މުދާތަކަކަށް ގެއްލުންތަކެއް ދިނުން ފިޔަވައި ވީ ހަމަ އެއްވެސް ކަމެއް ނެތެވެ.

Advertisement

މިފަދަ ކަންކަމަކީ މެޑަލް ޖެހުމަށާއި، ސުރުޚީ އެޅުމަށާއި، އަޅި ބުރުއްސުމަށް ކުރާ ކަންކަމަށް ވެއްޖެ ނަމަ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެއެވެ. ފުލުހުންގެ ޚިދުމަތަށް މީހުން ކުރާ ނަފުރަތު ވެސް ކުޑަ ކުރެވޭގެ ގޮތްތަކެއް އޮންނާނެކަން ޔަޤީނެވެ. ޤާނޫނީ ބާރެއް އޮތަތީ ހުރިހާ ކަމެއް އެ ބާރުގެ ތެރެއިން ކުރުމަށް ވިސްނުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ. އެހެނީ ޤާނޫނު ތަންފީޛު ކުރަން ޖެހެނީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ކަމުގައި ވާތީއެވެ. ރައްޔިތުންނަށް ނުކުސާންތަކާއި ގެއްލުންތައް ލިބޭނަމަ، ޤާނޫނެއް ތަންފީޛު ކުރުމުގެ އޮތީ ކޮން ބޭނުމެއްތޯއެވެ.

ޓޯކުރުމުގެ ތެރޭގައި ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާވާން ނުޖެހޭނެ ކަމަށް ޤައިދުގައި ލިޔެފައި އޮތުމަކީ ތަކެއްޗަށް ގެއްލުން ދެވޭނެ ޙުއްޖަތެއް ނޫނެވެ. ޓޯކުރުމަކީ ވެސް ޒިންމާދާރުކަމާއެކު ރައްކާތެރި ގޮތުގައި ކުރަންޖެހޭ ކަމެކެވެ. އަދި ބޭނުންކުރާ އާލާތްތަކުގެ ފެންވަރު ދަށްވުމާއި، މީހުންގެ ނާޤާބިލްކަމާއި، ފަރުވާކުޑަ ކަމާއި، ޤަސްދުގައި ކުރާ ކަންކަމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ފުލުހުން ޒިންމާ ނުވިޔަސް، ހިސާބު ބެއްލެވޭ ދުވަހު ޒިންމާވާން ޖެހޭނެކަން މުބައްރިބެެވެ. އެދުވަހަކު ހަމަ އެއްވެސް މީހަަކަށް ބޭއިންސާފެއް ނުކުރެއްވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.