އެމްޑީޕީ ތަފާތުވާނެ، ކޮންގްރެސްއާ އެކު އިންވެސްޓްމަންޓް ފޯރަމެއް.

މިލައުތުރު | 23 ސެޕްޓެމްބަރ 2026 | ޚަބަރު

ރާއްޖޭގައި ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމުގައި އެންމެ ކުރީގައި އޮތް ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީގެ ކޮންގްރެސް އަކީ ތަފާތު އަދި ނަމޫނާ ހަރަކާތަކަށް ވެގެންދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އަންނަ މަހުގެ 1 ގައި ފެށުމަށް ހަމަޖެހިފައިވާ ކޮންގްރެސް އާއި ގުޅިގެން އިންވެސްޓްމަންޓް ފޯރަމެއް ބާއްވާނެކަން ވަނީ އިޢުލާން ކޮށްފައެވެ. މި ފޯރަމްގައި ބައިވެރިވުމުގެ ދައުވަތު ދެއްވައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ފޯރަމްގައި ކައުންސިލްތަކުން 100 އަށް ވުރެ ގިނަ މަޝްރޫއު ހުށަހަޅާނެ ކަމަށެވެ. މިއީ އަނެއްކާ ވެސް ރާއްޖެއަށް އައު ކަމެކެވެ. އަދި މިއީ ސިޔާސީ ޕާޓީއަކުން ބާއްވާ މިފަދަ ފުރަތަމަ އިންވެސްޓްމަންޓް ފޯރަމެވެ.

Advertisement

“ރަށްވެހި ތަރައްގީ އިންވެސްޓްމެންޓް ފޯރަމް”ގެ ނަމުގައި ކުރިއަށް ގެންދާ އެ ފޯރަމް ބާއްވާނީ އަންނަ މަހުގެ ދެވަނަ ދުވަހު މެންދުރު ފަހު 2:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމަައަށެވެ. މިކަމަށް ހާއްސަކޮށް އެ ޕާޓީން ހެދި ވެބްސައިޓްގައިވާ ގޮތުން ރަށު ކައުންސިލްތަކާއި ސިޓީކައުންސިލްތަކުން މިހާރު ވެސް ވަނީ 70 މަޝްރޫއެއް ރަޖިސްޓްރީކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ ޓޫރިޒަމްގެ 11 މަޝްރޫއާއި، ދަނޑުވެރިކަމާއި މެރިކަލްޗާގެ 9 މަޝްރޫއާއި، ލޮޖިސްޓިކްސް އާއި އިންފްރާސްޓްރަކްޗާގެ 7 މަޝްރޫއާއި، މޫސުމާއި ތިމާވެށްޓާ ގުޅޭ 7 މަޝްރޫއާއި، ވިޔަފާރި އާއި ރިއަލްއެސްޓޭޓް 7 މަޝްރޫއާއި، މަސްވެރިކަމާއި ރަށު އުފެއްދުންތަކުގެ 7 މަޝްރޫއާއި، ހަކަތައިގެ 5 މަޝްރޫއުގެ އިތުރުން

ސްކޫލާއި ހެލްތު ސެންޓަރުތަކާއި އިޖުތިމާއީ ހިދުމަތުގެ 8 މަޝްރޫއެކެވެ.

މިފަދަ ކޮންމެ ކަމަކުން ވެސް ފެންނަނީ އެމްޑީޕީގެ ތަފާތު ކަމާއި، އުފެއްދުންތެރި ކަމާއި، ރައްޔިތުން އެދޭ ބަދަލުތައް ފަހިކޮށްދިނުމަށް ގެންގުޅޭ ވަށާޖެހޭ ސިޔާސަތުގެ ފުރިހަމަ ކަން ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.