އެމެރިކާސް ގޮޓް ޓެލެންޓް (ސީޒަން-21) ނޭނޭ ރޯޔަލް ކާމިޔާބު ކޮށްފި.

މިލައުތުރު | 24 ސެޕްޓެމްބަރ 2026 | ކުޅިވަރު

އޭޖީޓީގެ ފުރަތަމަ އޮޑިޝަންގައި “ޒޮމްބީ” ލަވަ ހުށަހަޅައިދިނުމުން މާޤުބޫލްކަން ލިބުނު ތައިލޭންޑްގެ ޕުކޭއަށް އުފަން އުމުރުން 16 އަހަރުގެ ނޭނޭ ރޯޔަލްއަށް އޭޖީޓީ ސީޒަން-21 ގެ ޗެމްޕިއަންކަން އަދި އެއް މިލިޔަން ޑޮލަރުގެ ފައިސާގެ އިނާމު ލިބިއްޖެ އެވެ.

ލައިވް ރައުންޑްގައި ނޭނޭ ރޯޔަލް “ބްލެކް ހޯލް ސަން” ލަވަ ހުށަހަޅައިދިންލެއް ހިތްގައިމުކަމުންނާއި، ގިޓާ ކުޅުމުގެ ހުނަރަށް މުބާރާތުގެ ފަނޑިޔާރު މެލް ބީ ގޯލްޑަން ބަޒާއެއް ދިނުމުން އިތުރު ރައުންޑަކާއިނުލާ ސީދާ ފައިނަލަށް ވަނީ ދަތުރު ކޮށްފައެވެ.

Advertisement

ނޭނޭ ރޯޔަލްގެ އެންމެ ޚާއްސަ ހުނަރަކީ މެޓަލިކް މިއުޒިކަށް ގިޓާ ކުޅުމުގެ ހުނަރެވެ. އޭނާ ފާހަގަކުރެވެނީ ލަވަކިއުމާއި، ގިޓާ ކުޅުމާއި، ސްޓޭޖް ޕާފޯމަންސަށް ކޮޅު ކުއްޖެއްގެ ގޮތުގައެވެ. ނޭނޭއަށް އެހީތެރިވުމުގެ ގޮތުން ތައިލޭންޑް ސަރުކާރުން ވަނީ އޭނާގެ ހުރިހާ ޚަރަދެއް ސްޕޮންސަރ ކޮށްފައެވެ. އަދި ތައިލޭންޑްގެ ފަތުރުވެރިކަން ބޭރުދުނިޔޭގައި ޕްރޮމޯޓުކުރާ ޚާއްސަ ބްރޭންޑް އެމްބަސެޑަރުކަމަށް ހަމަޖައްސާފައެވެ.

ނޭނޭގެ ހުށަހެޅުންތަކުގެ ފުރިހަމަކަމުން އެމެރިކާގެ ވަރަށް ގިނަ ބައެއްގެ މަޤުބޫލްކަން ވަނީ ލިބިފައެވެ. އެހެންކަމުން “ނޭނޭ، ގޯގޯ” ޖަހާފައިވާ ބޮޑެތި ބިލްބޯޑްތައް ވަނީ ބަހައްޓާފައެވެ. އަދި ބޮޑެތި ކުންފުނިތަކުން އޭނާއަށް ބޮޑެތި ސްޕޮންސާތައް ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.