ށ. އަތޮޅުގެ އެމްޑީޕީ ޤައުމީ މަޖިލިސްގެ އަންހެން ގޮނޑިއަށް ވާދަކުރައްވާ ސުނޭ ކެމްޕެއިން ފަށައިފި.

މިލައުތުރު | 3 ނޮވެމްބަރ 2026 | ސިޔާސީ

އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބުގައި ށ. އަތޮޅުގެ އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑި ކަށަވަރު ކުރެއްވުމަށްޓަކައި މަރްޔަމް ސުނައިނާ (ސުނޭ)ގެ ކެމްޕެއިން އަތޮޅުގައި ފަށައިފި އެވެ.

އެމްޑީޕީގެ އޮނިގަނޑަށް އަލަށް ގެނެވުނު ބަދަލުތަކާއެކު އަތޮޅަށް ހޮވުމަށް ހަމަޖެހިފައިވަނީ ފިރިހެން ތިން މެންބަރުންނާއި، އަންހެން މެންބަރެކެވެ. އަންހެނުންގެ ގޮނޑިއަށް މާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ މަރިޔަމް ސުނައިނާ (ސުނޭ) އާއި، ނަޝާ ނަސީރު އެވެ. މި ދެ ކެނޑިޑޭޓުން ވެސް ނިސްބަތްވަނީ ށ. ފޯކައިދޫ އަށެވެ.

Advertisement

ސުނޭ ކެމްޕެއިން ފެށުމުގެ ގޮތުން މިލަންދޫ ދާއިރާގެ ހުރިހާ ރަށެއްގެ އިތުރުން ޅައިމަގަށް ވެސް ވަނީ ޒިޔާރަތް ކޮށްފައެވެ. އެ ރަށް ރަށުގެ އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކޮށް، ތާއީދު ހޯދުމުގެ ގޮތުން މަޝްވަރާތައް ކޮށްފައި ވެއެވެ. މިވަގުތު އޭނާ ކެމްޕެއިން ކުރައްވަމުން ގެންދަަވަނީ ށ. ފޯކައިދޫގައެވެ. ފޯކައިދޫގެ އެމްޑީޕީގެ މެންބަރުންގެ ތާއީދު ހޯދުމަށްޓަކައި ދޮރުން ދޮރަށް ހިނގުން ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިހާތަނަށް ސުނޭ ޒިޔާރަތްކުރި ހުރިހާ ރަށަކުން ވެސް ބޮޑު ތަރުޙީބެއް ލިބިފައި ވެއެވެ. މަރުޙަބާ ދެންނެވުމަށްޓަަކައި ގިނަ ބަޔަކު ނިކުމެފައި ވެއެވެ. ބަސްމޮށުންތެރިކަމުގެ ހުނަރު ލިބިފައިވާ ޒުވާން ސުނޭ އަކީ ވަރަށް އުއްމީދީ ކެންޑިޑޭޓެކެވެ. އޭނާގެ ކެންޑިޑޭޓް ނަންބަރަކީ–(1) އެވެ. މި އިންތިޚާބުގެ ވޯޓުލުން އޮންނާނީ 27 ނޮވެމްބަރު 2026 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.