ލޯކަލް ގަވަރްމަންޓް އޮތޯރިޓީގެ ބޯޑް މެންބަރު ކަމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ތަމްސީލުކުރާ މެންބަރަކަށް ށ. ފުނަދޫ އ.ތ.މ ރައީސް މަރްޔަމް ޒީނާ އިންތިޚާބު ވެއްޖެ އެވެ.
ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޒީނާ އިންތިޚާބުވެފައިވަނީ ވެރިކަންކުރާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އެހެންކަމުން އޭނާ އެލްޖީއޭގެ ބޯޑަށް ވެސް އިންތިޚާބުވެފައިވަނީ ޕީއެންސީގެ މެންބަރެއްގެ ގޮތުގައެވެ.
އެލްޖީއޭގެ ބޯޑަށް އިންތިޚާބުވެފައިވާތީ މަރްޔަމް ޒީނާއަށް މަރްޙަބާ ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު