ށ. ފޯކައިދޫ ކައުންސިލުން އިންތިޒާމުކުރި އިންޓަރ-އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފޯކައިދޫ ސްކޫލުން ކާމިޔާބުކޮށްފި އެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ފޯކައިދޫ ސްކޫލް އާއި ފޯކައިދޫ ކައުންސިލް ބައްދަލުކުރި މެޗު ފޯކައިދޫ ސްކޫލުން ކަމިޔާބުކުރީ 18 – 15 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގައި މޮޅަށް ކުޅުނީ ފޯކައިދޫ ސްކޫލެވެ. ދެ ޓީމަށް ވެސް ސްކޯރ ކުރާނެ ގިނަ ފުރުސަތުތަކެއް ލިބިފައި ވެއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފޯކައިދޫ ސްކޫލްގެ ކެޕްޓަން އައިޝަތު ލީނާޒްއެވެ.

ކިޔުންތެރިންގެ ހިޔާލު