މިލައުތުރު

ޝައިޚް އިމްރާނަށް ދިރިއުޅެން އެންމެ ކަމުދާ ތަނަކަށްވީ ބެންކޮކް!

ކުރީގެ ހޯމް މިނިސްޓަރ ފަޟީލަތުލް ޝައިޚް އިމްރާން ޢަބްދު ﷲ އަށް ދިރިއުޅުއްވަން އެންމެ ކަމުދާތަނަކީ ބެންކޮކް ކަމުގައި ވެއްޖެއެވެ. ދިވެހިރާއްޖޭގެ ވަރަށް ގިނަ ފިރިހެނުންނަށް ބެންކޮކް ވެފައި ވަނީ ވަރަށް ހިތްހަމަޖެހޭ މަންޒިލަކަށެވެ.

ރާއްޖޭގެ ނޫސްތަކުގައި ޚަބަރު ފެތުރިފައި ވާގޮތުން ޝައިޚް އިމްރާން މިހާރު ވަނީ ދިރިއުޅުއްވުން އެއްކޮށް ބެންކޮކަށް ބަދަލުކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ޕާޓީކަމުގައިވާ އަދާލަތު ޕާޓީން ބުނެފައި ވަނީ އެއީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމެއްކަމަށާއި، އަދާލަތު ޕާޓީގެ ނިންމުމެއް ނޫންކަމަށެވެ. އަދި އެމަނިކުފާނުގެ އެނިންމެވުމަށް އަދާލަތު ޕާޓީން އިޙްތިރާމް ކުރާކަމަށެވެ.

ޝައިޚް އިމްރާން އަކީ އަދާލަތު ޕާޓީގެ މިހާރުގެ ރައީސްއެވެ. އެހެން ނަމަވެސް ރައީސްކަމުގެ މަޤާމު ދޫކޮށްލައްވަނީ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް ރާއްޖޭން ބޭރުގައި ދިރިއުޅުއްވަމުން ރާއްޖޭގައި ހިންގާ ސިޔާސީ ޙަރަކާތްތައް ބެލެހެއްޓުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި އާންމު މެންބަރުން ވެސް ރުހޭނެ ކަމެއް ވެސް ނޫނެވެ.

ޝައިޚް ކެންކޮކަށް ދިރިއުޅުއްވުން ބަދަލުކުރެއްވި ޚަބަރާ އެކު އާންމުންގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ.

© 2023 milauthuru. All rights reserved.