މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތޮފާ ޙުސައިން (މުސްތޮ) ދައްކަވަނީ ރިވެތި ނަމޫނާއެއް!

މިލައުތުރު | 30 ޖޫން 2024 | ރިޕޯޓު

އިދިކޮޅު ފަރާތްތަކުން ހީކުޅަގޮތާ މުޅިން ޚިލާފަށް މައްޗަންގޮޅު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުސްތޮފާ ޙުސައިން (މުސްތޮ)ގެ ފަރާތްޕުޅުން ފެންނަނީ ވަރަށް ވެސް ރިވެތި ނަމޫނާއެކެވެ. ދިވެހިރާއްޖެއަށް ދިމާވެގެން މިއުޅޭ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ވެސް އެންމެ ސާބިތުކަމާއެކު  ބަސްވިދާޅުވި އެއް ބޭފުޅަކީ އެމްޕީ މުސްތޮއެވެ.

މުސްތޮ މަޖިލިސްއަށް ވާދަކުރެއްވުމުން ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑިކިޔާފައި ވެއެވެ. މަޖިލިސްކުރާ ގޭގެ ތެރެއިން ފެންނަމުންދާ މަންޒަރުތައް އިތުރަށް ގޯސްވެދާނެކަމަށް އެއްބަޔަކު އަންދާޒާކުރިއެވެ. އެހެން ނަމަވެސް ކުރިއާ ޚިލާފަށް 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ ފަރާތްޕުޅުން ފެންނަނީ ރަނގަޅު ނަމޫނާއެކެވެ.

Advertisement

ދިވެހިރާއްޖެއަށް ދިމާވެގެން މިއުޅޭ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ޚަރަދުތައް ކުޑަކުރުމަށް މަޖިލިސް މެންބަރުންގެ މުސާރަ އާއި އެލަވަންސްތައް ކުޑަކުރުމަށް ސަރުކާރުން ހުށަހަޅުއްވައިފި ނަމަ އެންމެ ފުރަތަމަ ފެހިފިތަށް ފިއްތަވާލައްވާނެކަމަށް މުސްތޮ ވަނީ ވިދާޅުވެފައެވެ. މިއީ މަޖިލިހުގައި 5 ދައުރު ފުރިހަމަ ކުރެއްވި މެންބަރުންނަށް ވެސް ސާބިތުކަމާއެކު ވިދާޅުވާން ނުކެރުނު ވާހަކައެކެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ސުޕަރ މެޖޯރިޓީ އޮތީ ވެރިކަންކުރާ ޕީއެންސީއަށެވެ. މިހާރުގެ މަޖިލިސްގެ ރައީސް އަކީ ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްރަހީމް ޢަބްދު ﷲ އެވެ. އަދި ނައިބު ރައީސް އަކީ ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނާޒިމްއެވެ. ވިހި ވަނަ ރައްޔިތުންގެ މަޖިލިސްގައި އެކުލެވިގެން ވަނީ 93 ޢިއްޒަތްތެރި މެންބަރުންގެ މައްޗަށެވެ.

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.