މިލައުތުރު

ޝަހީދު އިސްމާޢީލް ހަނިއްޔާގެ ފޮޓޯ ފޭސްބުކުން ރިމޫވް ކުރަނީ….

މުޅި އިސްލާމީ އުންމަތް ސިއްސުވާލި ޚަބަރެއްގެ ގޮތުގައި ހަމާސް ޖަމާޢަތުގެ އެންމެ އިސް ލީޑަރު އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލި ޚަބަރު ވެގެންދިޔައެވެ. އެއާ އެކު ނޫސްތަކުގަޔާއި އަމިއްލަ މީހުންގެ ސޯޝަލް މީޑިޔާ އެކައުންޓްތައް ފްލަޑް ވެގެންދިޔައީ ތައުޒިޔާގެ މެސެޖުތަކާ ފޮޓޯތަކުންނެވެ. އަދި އެއީ ފޭސްބުކްގެ ކޮމިއުނިޓީ ސްޓޭންޑާޑްތަކާ ޚިލާފު ކަމަކަށްވެ ފޮޓޯތައް ރިމޫވްކުރަން ވަނީ ފަށާފައެވެ.

އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ 31 ޖުލައި 2024 ވީ ބުދަ ދުވަހު އީރާންގެ ވެރިރަށް ތެހެރާންގައި ހުންނަވަނިކޮށް ކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފައި ވެއެވެ. އަދި އެއީ މުސްލިމުންނަށް ކަޅު ދުވަހެއްގެ ގޮތުގައި ވެގެންދިޔައެވެ. ހަނިއްޔާ އަކީ ފަލަސްޠީންގެ މިނިވަންކަމަށް ޖިހާދުކުރި ހިތްވަރުގަދަ މުޖާހިދެކެވެ. އޭނާ ޝަހީދު ކޮށްލުމީ މުޅި މުސްލިމް އުންމަތައް ލިބިގެންދިޔާ ބޮޑު އުނިކަމެކެވެ.

ފޭސްބުކުން ފޮޓޯތައް ރިމޫވްކުރަނީ ކީއްވެތޯ އާއި ފޭސްބުކްގެ މެނޭޖްމަންޓަކީ ޔަހޫދީ މެނޭޖްމަންޓެއްތޯ އާއި މުސްލިމުންނާ ޢަދާވާތްތެރި ބަޔަކީތޯ މީހުން ސުވާލު އުފައްދަން ފަށައިފިއެވެ.

© 2023 milauthuru. All rights reserved.