މިލައުތުރު

ފޯކައިދޫ ރައީސް އާސިފް ސަރުކާރަށް: މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ.

ސަރުކާރުގެ މާލީ ޙާލަތު ތަންނުދޭތީ މިއަހަރު ށ. ފޯކައިދޫގައި އެޅުމަށް ހަމަޖެހިފައިވާ އިސްލާމިކް ސެންޓަރު އެޅުމުގެ މަޝްރޫޢު ފަސްކުރިކަން އެންގުމާ ގުޅިގެން ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް ވިދާޅުވީ މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ ކަމަށާއި، ރައްޔިތުންގެ އުންމީދުތައް ޙާޞިލްކުރެއްވުމަށް އެކުލަވާލި ތަރައްޤީގެ ޕްލޭނުން އަނެއްކާ ވެސް ތަންގަނޑެއް ފަހަތައް ސޮއްސާލީކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން ފޮނުއްވި ސިޓީގައި ވަނީ “ތިޔަ ރަށުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިސްލާމިކް ސެންޓަރުގެ މަސައްކަތަކީ މި އަހަރުގެ ދައުލަތުގެ ބަޖެޓުން ފަސްކުރުމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއު އެކެވެ، ވީމާ މާލީ ވުޒާރާގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ދެންނެވުނު މަޝްރޫއު ކުރިއަށް ގެންދިޔުން މިހާރު ވަގުތީ ގޮތުން މެދުކަނޑާލައިފައިވާ ވާހަކަ ދެންނެވީމެވެ.” މިފަދައިންނެވެ.

އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމަަށް ނިންމެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައެވެ. އަދި އެ މަސައްކަތް ކުރުމަށް މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ދެ މިލިއަން ރުފިޔާ ކަނޑައަޅުއްވާފައި ވެއެވެ.

ފޯކައިދޫ އަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތަކެއް ހިންގަވާ ރަނުން ރަނަށް ފުރިހަމަކޮށް ހިންމެވި އެއް ރަށެވެ. އެހެންކަމުން ފޯކައިދޫ ވެފައި ވަނީ އެމްޑީޕީން ތަރައްޤީކުރި ރަށެއްގެ ގޮތުގައެވެ. އަދި މި ރީތި ނަން ބަދަލުކޮށްލުމަށްޓަކައި ދެ ފަހަރެއްގެ މަތިން ޕީޕީއެމަށް ލިބުނު ފުރުޞަތުގައި އެއްވެސް ކަމެއް ވެފައެއް ނެތެވެ. އަދި މިސަރުކާރުގެ 5 އަހަރުގައި ވެސް ފޯކައިދޫއަށް ކަމެއް ވުމަކީ ނާދިރުކަމެއްގެ ގޮތުގައި ރައްޔިތުންގެ ގިނަ ބަޔަކު ދެކެއެވެ.

2 Replies to “ފޯކައިދޫ ރައީސް އާސިފް ސަރުކާރަށް: މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ.”

  1. ފުތުގެ އިބްރާހީމް

    ދާއިރާގެ އެހެން ރަށްރަށްވެސް ހުއްޓާ ހަމައެކަނި ފޯކައިދޫ ތަރައްޤީ ކުރާނެ ކަމެއްނެތް

  2. މަގޭ ހިޔާލް

    dhaaira evves rasheh tharaggi kuraane fenvareh neii mii sarukaaru ga eh

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.