މިލައުތުރު

ފަރުޒާނާ ސައީދު ވެސް ޤާސިމް އިބްރާހީމްގެ ޖޭޕީ ދޫކޮށް ޕީއެންސީއަށް ބަދަލުވެއްޖެ!

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ފަރުޒާނާ ސައީދު ވެސް އެޕާޓީ ދޫކޮށްލުމަށް ފަހު ވެރިކަންކުރާ ޕީއެންސީއަށް ގުޅިވަޑައިގެންފިކަން މިލައުތުރު އޮންލައިނަށް ކަށަވަރުވެއްޖެ އެވެ. ފަރޫ މިހާރު ގެންދަވަނީ ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ސްޓިއަރިންގ ކޮމިޓީ ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރުކަމަށް ވާދަކުރައްވައި ކެމްޕެއިން ކުރައްވަމުންނެވެ.

ފަރުޒާނާ ފާހަގަކުރެވިފައި ވަނީ ލީޑަރު ޤާސިމް އިބްރާހީމަށް ވަފާތެރި އަދި ޖޭޕީގެ އިދާރީ ކަންކަމުގައި ވަރަށް އިޚްލާޞްތެރި މަަސައްކަތްތަކެއް ކުރެއްވި އަންހެން ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ޖޭޕީގެ ކައުންސިލް މެންބަރުކަން ކުރެއްވުމުގެ އިތުުރުން، ޑެޕިއުޓީ ޑިރެކްޓަރ އެޑްމިނިސްޓްރޭޝަންގެ މަޤާމު ވެސް ފުރުއްވާފައި ވެއެވެ.

ޖޭޕީގެ ބައެއް އާންމު މެންބަރުން ދެކޭގޮތުގައި ފަރުޒާނާމެން ފަދަ ބޭފުޅުން ޤާސިމް ދޫކޮށްދިއުމަކީ ވަރަށް އައިބު ކަމެކެވެ. އަދި އެމީހުން ދެކޭގޮތުގައި އެއީ އެންމެ ފަހުމީހަޔާ ޖެެހެންދެން ވެސް ޕާޓީގައި ތިއްބަވަންޖެހޭނެ ބޭފުޅުން ކަމަށާއި، ލީޑަރު އެމީހުންނަށް ނުކޮށްދެއްވާ ހަމަ އެއްވެސް ކަމެއް ނެތްކަމަށެވެ.

އަދި މީގެ އިތުރުން ބައެއް މީހުން ދެކޭގޮތުގައި ފަރުޒާނާ ސައީދު ގެންދިއުމުގެ ފަހަތުގައި ހުންނަވާނީ ޢަލީ އާރިފް ކަމަށާއި، އެއީ އަމިއްލަ އެދުމުން ފޯވެފައި ތިއްބެވި ބައެއް ކަމަށެވެ. އަދި އަނެއް ބަޔަކު ދެކޭގޮތުގައި އެއީ ސީދާ ޤާސިމް އިބްރާހީމް ކުރުވާކަމެއް ކަމަށެވެ. އެއީ ސިޔާސީ ގޮތުން ޤާސިމަށް ދެން ސަރުކާރަކަށް ނުފޫޒު ފޯރުވޭނެ ފުރުޞަތެއް ނެތުނީތީ، އެހެން މީހުން ބޭނުންކޮށްގެން އަދިވެސް ސަރުކާރުގެ ތެރެއިން އެއްޗެއް ދަމައިގަނެވޭތޯ ބައްލަވަނީ ކަމަށެވެ.

© 2023 milauthuru. All rights reserved.