ހައިޕަރސޮނިކް ބެލެސްޓިކް މިސައިލް ބޭނުންކޮށްގެން އީރާނުން އިޒްރޭލްގެ ވެރިރަށް ތައްލަވީވަށް ޙަމަލާދޭން ފަށައިފިއެވެ. އީރާނުން ޙަމަލާތައްދޭ މަންޒަރު ފެންނަ ވީޑިއޯތަކުން ފެންނަގޮތުގައި އެތައް ސަތޭކަ މިސައިލެއް އެއްފަހަރާ ފޮނުވާލުމުން ތައްލަވީވްގެ ތެރެއަށް ވާރޭ ވެހޭހެން މިސައިލްތައް ވެއްޓޭތަން ފެނެއެވެ.
އިޒްރޭލްގެ އަޔަންޑޯމަށް ވެސް ހުރިހާ މިސައިލްތައް ވައްޓާލުމުގެ ޤާބިލްކަން ލިބިފައެއް ނުވެއެވެ. އެހެންކަމުން ބޮޑެތި ގެއްލުންތަކެއް މިހާރު ވެސް ވަނީ ލިބިފައެވެ. އަދި ވެރިރަށް ތައްލަވީވްގެ ތެރެއިން މިސައިލް ސައިރަންގެ އަޑު މެދުނުކެނޑި އިވެމުން ދެއެވެ. އަދި މި ޙަމަލާތައް އަމާޒުވީ ކޮންކޮން ތަންތަނަކަށް ކަމެއް ކަށަވަރެއް ނުވެއެވެ. އަދި އާންމުންގެ އެއްވެސް ބަޔަކު މަރުވިކަމެއް އެނގިފައެއް ނުވެއެވެ.
މިއީ މެދުއިރުމަތީގެ މަޝްރަޙް މިހާބޮޑަށް ގޯސްވެގެންދާ ފުރަތަމަ ފަހަރުކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މީގެ ތެރެއަށް އެމެރިކާ ނުވަތަ ރަޝިޔާ ފަދަ ބޮޑެތި ބާރުތަކުން ވަދެދާނެތީ ދުނިޔޭގެ ކަންކޮޅުތަކުން ކަންޑުވުން ފާޅުކުރަން ފަށައިފިއެވެ.