މިލައުތުރު

މާލޭ މޭޔަރުގެ އިސްތިޢުފާއަށް ގޮވާ އަޑު ގަދަވަނީ…

މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އިދިކޮޅު އެމްޑީޕީއިން ހދ. ކުޅުދުއްފުށީގައި ލާމަރުކަޒީ ގުޅުމުގެ ނަމުގައި ބޭއްވި މަހާސިންތާގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އެމަނިކުފާނުގެ އިސްތިޢުފާއަށް ގޮވަން ފަށައިފިއެވެ.

މިހާރުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލަނީ ކަމަށް ބުނެ ފާޑުކިޔުންތައް ރައްދުކުރަމުން އާދަމް އާޒިމް ވިދާޅުވެފައި ވަނީ މާލޭ ސިޓީ ކައުންސިލް ހިންގަވަން އެމަނިކުފާނަށް އެއްވެސް ދަތިކަމެއް ނެތްކަމަށާއި، ކޮންސަލްޓެންޓުންގެ ގޮތުގައި ވަޒީފާއަށް ނަގާފައި ތިބޭނީ އެކައް ވެސް އެމްޑީޕީ މީހުން ކަމަށެވެ.

އާޒިމްގެ މިވާހަކަފުޅު ޓްވީޓް ކުރައްވާނަމަ އެމްޑީޕީ މީހުންނަށް ވަޒީފާތައް ދޭވާހަކަ ކަނޑާލެއްވުމަށް ޗެއާޕާސަން ވެސް އެދިވަޑައިިގަންނަވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިޔާގައި ވަނީ ވައިރަލް ވެފައެވެ. ފައްޔާޒް އިސްމާޢީލް އެހެން އިރުޝާދު ދެއްވީ މަންޒަރުތައް ވަގުތުން ދުރައް ދައްކާކަން ނޭނގިއެވެ.

މި މައްސަލައިގައި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ގެންދަނީ ނުރުހުން ފާޅުކޮށް މޭޔަރަށާއި، އެމްޑީޕީ އަށާއި، ޗެއާޕާސަން ފައްޔާޒު އިިސްމާޢީލަށް ވެސް ފާޑުކިޔަމުންނެވެ. އަދި ފޭސްބުކް ޕޯސްޓަކުގައި އާޒިމްގެ އިސްތިޢުފާއަށް ގޮވާ ނުރުހުން ފާޅުކުރަމުން އެބަ ގެންދެއެވެ.

© 2023 milauthuru. All rights reserved.