މިލައުތުރު

އޭ ލެވެލް ފިޒިކްސް (ޔުނިޓް-3) ޕޭޕަރު ޗައިނާގައި ލީކުކޮށްލާފައި ވާކަމަށް ރެޑިޓްގައި ރިޕޯޓްކޮށްފި.

18 އޮކްޓޯބަރު (އިއްޔެގައި) އޮތް އޭ ލެވެލް ފިޒިކްސް ޕޭޕަރު ޗައިނާގެ އޮންލައިން ޕްލެޓްފޯމްތަކުގައި ލީކުކޮށްލާފައި ވާކަމަށް ރެޑިޓްގައި ހާމަކޮށްފިއެވެ.

ލީކުކޮށްލާފައި ވަނީ ފިޒިކްސް ޔުނިޓް-3 ޕޭޕަރު ކަމަށާއި، ޗައިނާގެ ޕްލެޓްފޯމްތަކަށް އިމްތިޙާނުގެ ވަގުތުގެ ކުރިން ވިއްކާލާފައި ވާކަމަށް ރެޑިޓް ޑޮޓް ކޮމްގައި ބުނެފައި ވެއެވެ. އެ ޕޭޕަރުގެ ފުރަތަމަ ސަފުޙާގެ ފޮޓޯއާއެކު ޖަހާފައި ވަނީ ޖަވާބުތައް ވެސް ހިމެނޭގޮތަށެވެ. އެހެން ނަމަވެސް އެ ޖަވާބުތައް މުޅިން ޞައްޙަ ނޫންކަމަށް ކޮމެންޓްތަކުގައި ވެއެވެ.

ވެބްސައިޓްގައި ބުނެފައިވާ ފަދައިން މިއީ ޙަޤީޤަތަކަށް ވެއްޖެ ނަމައީ އިމްތިޙާނު ހަދާ ވަރަށް ގިނަ ކުދިންނަށް ބޮޑު ދެރައެއް ލިބޭނެކަމާއި، ގްރޭޑް ބައުންޑަރީ މަތިކޮށްފާނެ ކަމަށް ބުނެފައި ވެއެވެ.

© 2023 milauthuru. All rights reserved.