މިލައުތުރު

ށ. މަރޮށީ ފެނަކައިން ވީގޮތެއް ނޭނގި ކޭބަލްތަކެއް ގެއްލިއްޖެ.

ފެނަކަ މަރޮށީ ބްރާންޗުގައި ހުރި ކޭބަލްތަކަކަށް ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށައިފިއެވެ. އެރަށު މީހަކު މަޢުލޫމާތު ދިންގޮތުގައި ގެއްލުނީ ކޮންދުވަހަކު ކަމެއް ނޭނގޭ ކަމަށާއި، ނެތްކަން ވެސް އެނގުނީ އިއްޔެގައި ކަމަށެވެ.

ކޭބަލްތަކެއް ގެއްލިގެން އުޅޭކަން އެރަށު ފެނަކައިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެހެން ނަމަވެސް އެއީ ކޮން ސައިޒެއްގެ ކިހާ ކޭބަލެއްކަމެއް ސާފުވާގޮތެއް ނުވިއެވެ. މިކަމާ ގުޅިގެން މަރޮށި ފެނަކަ އިންޗާޖަށް ގުޅުމުން ވިދާޅުވީ އެކަމާ ގުޅޭގޮތުން ބުނާނެ އެއްވެސް އެއްޗެއް ނެތްކަމަށެވެ.

މަޢުލޫމާތު ލިބޭގޮތުގައި އެމައްސަލަ ފުލުހަށް ވެސް ވަނީ ހުށަހަޅާފައެވެ. އަދި އެމައްސަލައިގާ ފުލުހުން އެއްވެސް ތަޙުޤީޤެއް ފެށިކަމެއް ވެސް، މައްސަލައާ ގުޅިގެން އެއްވެސް މީހަކާ ސުވާލުކުރިކަމެއް ވެސް ސާފެއް ނުވެއެވެ.

© 2023 milauthuru. All rights reserved.