ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގެ ތެރެއިން އެ އިދާރާގެ ޓާސްކުފޯހުން މިދިއަ އަހަރު ބަލައި ފާސްކުރި ތަންތަން އަނެއްކާ ފާސްކުރަން ފަށައިފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ ޓާސްކުފޯހުން މިދިއަ އަހަރު ބަލައި ފާސްކުރި ތަންތަނުގައި މިހާރު ބިދޭސީން އުޅެމުންދަނީ ސައްހަ ވިސާއަކާއެކު ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
އިއްޔެ ފެށި މި އޮޕަރޭޝަންގައި ބަލައި ފާސްކުރެވުނު ދެ ތަނުގައި ވެސް މިހާރު ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީއެއް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން އަންނަނީ މިދިޔަ އަހަރުން ފެށިގެން މާލެ ސަރަހައްދުގައި ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.
ސައްހަ ވިސާ ނެތް މީހުންނާއި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ މީހުންނާއި ހަށި ވިއްކުމާއި އަދި އެ ނޫން ވެސް ކުށްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މިިހާތަނަށް އަތުލައިގެންފައިވެ އެވެެ. އަދި މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓްކޮށްފަ އެވެ.