މިލައުތުރު

އިންޑިޔާގެ އެންމެ މަޤުބޫލު އެއް ލަވަކިޔުންތެރިޔެއް ކަމަށްވާ އުދިތު ނާރަޔަން މުޅި ދުނިޔެއަށް ފަޟީހަތްވެއްޖެ.

އުމުރުން 69 އަހަރުގެ އުދިތު ނާރަޔަން ވޭތތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ލިބުނު ލޯތްބާއި އިޙުތިރާމު އެންމެ ކިސްއަކުން ވެއްޔާ މޮޑެވިއްޖެއެވެ.

އޭނާގެ ލައިވް ޝޯއެއްގައި ސަޕޯޓަރަކު ގޮސް އުންމައެއް ދިނުމުން އޭނާގެ ސީދާ ތުންފަތުގައި އުދިތު ވަނީ ކިސް ކޮށްލާފައެވެ. އެކަމާ ގުޅިގެން މިހާރު މުޅި އިންޑިޔާގެ ނޫސްތަކުގައި އޮތީ އުދިތު ނާރަޔަންއަށް ފާޑުކިއުމެވެ. އަދި އެވަރަކުން ވެސް ނުފުދެއެވެ. އޭނާގެ ފިރިހެން ދަރިފުޅަށް ވެސް މަލާމާތާ ފުރައްސާރަ ކުރަން ފަށައިފިއެެވެ.

އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅު ކަމަށްވާ އާދިތިޔާ ނާރަޔަން އަކީ ވެސް ހުނަރުވެރި މޮޅު ލަވަކިޔުންތެރިއެކެވެ. އަދި ވަރަށް ހުނަރުވެރި ކަމާއެކު ޓީވީ ޝޯތައް ހުށަހަޅައިދޭ މަޤުބޫލު ފަންނާނެކެވެ. ބައްޕަގެ ދަށު ދަރަޖައިގެ އެ ޢަމަލުގެ ސަބަބުން އޭނާއަށް ވެސް މިހާރު މީހުން ކުރަނީ މަލާމާތާ ފުރައްސާރައެވެ.

އެ ހާދިިސާއާ ގުޅިގެން މީހަކު ބުނެފައިވާ އިބުރަތްތެރި ބަސްކޮޅެއްގައިވަނީ “40 އަހަރު ދުވަހުން ހޯދި އިޙުތިރާމު، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ވެސް ގެއްލިދާނެ” މިހެންނެވެ. މިއީ ވަރަށް ވެސް ބޮޑު ތެދެކެވެ. އުދިތު ނާރަޔަންއަށް ވެސް މިކަމުން ފިލާވަޅެއް ލިބެންވާނެތެވެ.

One Reply to “އިންޑިޔާގެ އެންމެ މަޤުބޫލު އެއް ލަވަކިޔުންތެރިޔެއް ކަމަށްވާ އުދިތު ނާރަޔަން މުޅި ދުނިޔެއަށް ފަޟީހަތްވެއްޖެ.”

  1. Anonymous

    ދެން އެ އަންހެން މީހާ ކުރީ ރަނގަޅު ކަމެއް ތަ؟ އަންގާފަތަ ދޮންދިނީ؟

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.