މިހާތަނަށް ލައްކައަކަށްވުރެ ގިނަ ގޭބިސީއަށް ސަރުކާރުގެ ރޯދަ ހަދިޔާ މަސްދަޅު ދީފި

ޝާން މުޙައްމަދު | 11 މާރިޗު 2025 | ޚަބަރު

އެކި ސަރަހައްދުތަކުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ގޭބިސީއަށް މަސްދަޅުކޭސް ހަދިޔާކުރެވިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ދޭ ރޯދަ ހަދިޔާއެއްގެ ގޮތުން މަސްދަޅު ކޭސް ބަހަމުންގެންދަނީ ކޮންމެ ރަށެއްގެ ކައުންސިލަކުންނެވެ. އެގޮތުން ރޭގެ ނިޔަލަށް މާލޭގެ ގޭބިސީތަކަށް 49416 މަސްދަޅު ކޭސް އަދި ރަށްރަށުގެ 60711 ގޭބިސީއަކަށް މަސްދަޅު ކޭސް، މުޅި ޖުމުލަ 110127 މަސްދަޅު ކޭސް ދެވިފައިވާ ކަމަށް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

Advertisement

އެލްޖީއޭ އިން ދަނީ މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބަހަމުންނެވެ. މަސްދަޅު ކޭސް ބަހަން ފެށި ފުރަތަމަ ރޭ އެކަނިވެސް މާލެ ސަރަހައްދުގެ ގޭބިސީތަކަށް 9000 އަށްވުރެ ގިނަ މަސްދަޅު ކޭސް ވަނީ ބަހާފައެވެ.

ސަރުކާރުން މިފަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައު ދެނީ 48 ދަޅު ހިމެނޭ 180 ގްރާމްގެ ތެޔޮ މަސްދަޅު ކޭހެވެ.

Advertisement

ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި މަސްދަޅު ކޭސް ބަހައި މިހާރު އޮތީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.