އެމެރިކާ ވެސް އީރާނަށް ޤަދަރު ނުކުރާނަމައީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތްކަމަށް ޗައިނާ އާއި ރަޝިޔާއިން ބުނެފި.

އުސްތާޛް ޒަކީ | 15 މާރިޗު 2025 | ރިޕޯޓު

މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އީރާނަށް ވެސް ހައްޤު އިޙްތިރާމް އަދާކޮށް، މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލަނީސް އެމެރިކާ އާއެކު މަޝްވަރާގެ މޭޒަށް ނާރާނެކަމަށް ބުނެ ރަޝިޔާ އާއި ޗައިނާއިން އީރާނަށް ކުރާ ތާޢީދު ހާމަކޮށް މުޅި ދުނިޔެއަށް ނަމޫނާ ދައްކައިފިއެވެ.

މިއީ އަރަބި އިސްލާމީ ޤައުމަކަށް ވެސް މިހާތަނަށް ކުރަންކެރުނު ކަމެއް ނޫނެވެ. އީރާނުގެ ޙައްޤުގައި އެމެރިކާއާ ދެކޮޅަށް ދުވަހަކުވެސް ބަހެއް ބުނެފައެއް ވެސް ނުވެއެވެ. އަބަދުވެސް ފެންނަނީ އެމެރިކާ ފަހަތުން އެމީހުންގެ ހުށަހެޅުންތަކަށް ސަނާކިޔާތަނެވެ.

Advertisement

2015 ވަނަ އަހަރުގެ ތެރޭގައި އީރާނުގެ ނިއުކްލިޔަ މަޝްރޫޢާ ގުޅޭ ގޮތުން ޔޫރަޕުގެ ބޮޑެތި ޤައުމުތަކާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު އަމަލު ކުރަން ފަށާފައި ވެއެވެ. އެ އެއްބަސްވުމުން ވެސް އެމެރިކާ ވަކިވެފައި ވަނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ރިޔާސީ ދައުރުގެ ތެރޭގައި 2018 ވަނަ އަހަރުއެވެ.

އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ދެވަނަ ދައުރަކަށް 20 ޖެނުއަރީ 2025 ގައި ޙަވާލުވެ ވަޑައިގަތުމަށް ފަހު އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރައްވާފައި ވެއެވެ. އެމެރިކާއިން ވެސް ފިއްތުންތައް ކުރިމަތި ކުރުވަމުން ގެންދަނީ އެމީހުންގެ މާއްދާ ބޮޑު މަންފާއެއް ހޯދުމުގެ ގޮތުން އީރާނާއެކު އެއްބަސްވުމެއްގައި ސޮއި ކުރުން ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ.

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.