މިލައުތުރު

އެއާ އިންޑިއާގެ މަތިންދާބޯޓް ވެއްޓުނު ހާދިސާއާއެކު މުޅި އޭވިއޭޝަން ދާއިރާ ބޮޑު ހާސްކަމެއްގައި

އިންޑިއާ އިން އިނގިރޭސި ވިލާތައް ދަތުރުކުރުމަށް ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މަތިންދާބޯޓް ވަނީ އަޙްމަދުއާބާދުގެ މީހުން ދިރިއުޅޭ ސަރަޙައްދަކަށް ވެއްޓިފައެވެ.

އަޙްމަދުއާބާދް ވައިގެ ބަނދަރު ކައިރީގައި އޮންނަ މެގާނީނަގަރް ކިޔާ ސަރަޙައްދަކަށް މަތިންދާބޯޓު ވެއްޓިފައި ވަނީ، އަޙްމަދްއާބާދުގެ ވައިގެ ބަނދަރުން އުދުއްސައިލިތާ ހަމަ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައެވެ. ބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތްވި ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނޫވެއެވެ.

އަޙްމަދުއާބާދަށް ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުން ދަތުރުކޮށްފައި ވަނީ އިންޑިޔާގެ 169 މީހުންނާއި، އިނގިރޭސިވިލާތުގެ 53 މީހުންނާއި، ޕޯޗުގަލްގެ 7 މީހުންނާއި، ކެނެޑާއަށް ނިޞްބަތްވާ މީހެއް ކަމަށް އެއާ އިންޑިޔާއިން މަޢުލޫމާތު ދެއެވެ.

މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ތުއްތު ދެ ކުދިންނާއި 12 ފަޅުވެރިން ހިމެނެއެވެ.