މިލައުތުރު

އާޔަތުﷲ ޚާމަނާއީ އަވަހާރަކޮށްލުމަށްޓަކައި މޮސާޑް އޭޖެންޓުން ހަތިޔާރު އުފައްދަން ތިއްބާ އަތުލައިގެންފި.

ތެހެރާންގެ ރަށްބޭރު ސަރަޙައްދެއްގައި ގާތްގަނޑަކަށް 10 ކިލޯމީޓަރު ބޭރުގައި ހުރި ގެއެއްގައި ޑްރޯންތައް ރާވަން ތިއްބާ އީރާންގެ އިންޓެލިޖެންސް ސިފައިން އަތުލައިފިއެވެ.

ޚަބަރުތައް ބުނާގޮތުގައި ތެހެރާންގެ އެތެރޭގައި މޮސާޑުން ވަނީ އެތަކެއް ބަޔަކު ރެކްރޫޓް ކޮށްފައެވެ. އަދި އެމީހުންގެ މަސައްކަތަކީ ލީޑަރުންނަށާއި، ސައިންޓިސްޓުންނަށާއި، ވައިގެ ދިފާއީ ނިޒާމުތަކަށް ޙަމަލާ ދިނުމެވެ. ބޭނުމަކީ އީރާންގެ ދިފާޢު ބަލިކަށި ކޮށްލުމަށްފަހު ވައިގެ ޙަމަލާތައް ވަރުގަދަ ކުރުމެވެ.

ތެހެރާންގެ ރަށްބޭރުން އަތުލައިގަތް ސާމާނުގެ ތެރޭގައި 200 ކިލޯގެ ގޮވާ ސާމާނާއި، 23 ކޮމެކާޒީ ޑްރޯން އުފައްދާނެ އާލާތް، 33 ޑްރޯން ލޯންޗުކުރާނެ ހަރުގަނޑުތަކާއި، ޑްރޯންތަކުގައި ބޭނުންކުރާ ޒާތުގެ 30 ބުރަފަތީގެ އިތުރުން އެތަކެއް ގައިޑެންސް ކޮންޓްރޯލް ޔުނިޓްތައް ހިމެނެއެވެ. އަދި މިފަދަ އިތުރު ސިއްރު މަރުކަޒުތައް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވާތީ، ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަން ވަނީ ފަށާފައެވެ.

ތެހެރާންގެ އެތެރޭގައި ހަރަކާތްތެރިވާ މޮސާޑް އޭޖެންޓުންގެ ހަރަކާތްތަކަކީ އީރާނަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ނުރައްކާ ކަމަށް ވަނީ ވެފައެވެ. އަދި މިއީ އީރާން ބަލިކޮށްލުމަށްޓަކައި އެމެރިކާގެ އެފްބީއައި އޭޖެންޓުންނާ ގުޅިގެން އެމީހުން ވޭތުވެދިޔަ 20 އަހަރު ދުވަހު ކުރި މަސައްކަތެއްކަން ވަނީ ފަޅާއަރާފައެވެ.

2 Replies to “އާޔަތުﷲ ޚާމަނާއީ އަވަހާރަކޮށްލުމަށްޓަކައި މޮސާޑް އޭޖެންޓުން ހަތިޔާރު އުފައްދަން ތިއްބާ އަތުލައިގެންފި.”

  1. Anonymous

    Maraalaa

  2. Thakuru

    Faharu myhaku messaile ga bandhefa Israel ah fonuvaalaa

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި