ޣައްޒާގެ ކުށެއްނެތް އެތައް ސަތޭކަ ބަޔަކު ޤަތުލުކޮށްފައިވާ އިސްރާއީލުގެ ސިފައިންގެ އެންމެ ނުބައި ނުލަފާ ސްނައިޕަރު ކަމުގައިވާ ނެޓަން ޔަނާސް ނަމަކަށް ކިޔާ ޝައިޠާނު، ހަމާސްގެ މުޖާހިދުންގެ ސުންރާސްތާ ޙަމަލާއެއްގައި ކިރިއްސާލައި ޖަހަންނަމައަށް ފޮނުވާލައިފިއެވެ.
ފަލަސްތީނުގެ ކުށެއްނެތް އެތައް ބަޔަކު މަރާފައިވާ މިނުބައި ޝައިޠާނަށް އެމީހުން ވަނަމަކަށް ކިޔާ އުޅެނީ “ފުރާނަދުއްވާ މީހާ” އެވެ. ފަލަސްތީނުގައި ހަނގުރާމަކުރަމުންދާ ހަމާސްގެ މުޖާހިދުންވަނީ މި ޝައިޠާނު މަރާލާފައެވެ. އަދި އޭނާގެ ކުދިކުދިވެފައިވާ ހަށިގަނޑުގެ ބައިތައް ފަލަސްތީނުގެ ރަފާއިން ވަނީ ފެނިފައެވެ.
ހަނގުރާމައިގެ މައިދާނުގައި މުޖާހިދުން ގެންދަނީ ހިތްވަރާއެކު ޢަދުއްވުންނާއި ކުރިމަތިލަމުންނެވެ. އަދި އެބައިމީހުންގެ ފައުޖުތަކަށް ބޮޑެތި ގެއްލުންތައް ދެމުންނެވެ. އެގޮތުން މިދިޔަ ހަފުތާގެތެރޭގައި ވެސް އިސްރާއީލް ސިފައިންގެ ދެމީހަކު މަރާލައި، 4 މީހުން އަތުލުމަށް ފަހު ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ޓޭންކްތައް ވަނީ ގޮއްވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު