ޣައްޒާގެ ނަސްލު ނައްތާލަމުން ދަނިކޮށް އިންޑިއާ އިން އިޒްރޭލާއެކު ބޮޑު އިންވެސްޓްމަންޓަކަށް

މިލައުތުރު | 12 ސެޕްޓެމްބަރ 2025 | ޚަބަރު

ނަސްލުނައްތާލުމުގެ ޖަރީމާތަކެއް ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ދަނިކޮށް އިންޑިއާ އިން އިޒްރޭލާއެކު ބޮޑު އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ބައިނަލްއަޤުވާމީ ލޮބީ ގުރޫޕްތަކުގެ ނުރުހުން އަމާޒުވެފައިވާ މި އެއްބަސްވުމަކީ އިޒްރޭލްގެ އިޤްތިޞާދު ވެއްޓިފައިވާ ވަޅުގަނޑުން ނެގުމަށް ނަތަންޔާހޫގެ ސަރުކާރަށް ނުހަނު ބޮޑު އެހީއަކަށް ވާނެއެވެ. އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން ހަތިޔާރު ގަތުމަށް ކުރަންޖެހޭ ހޭދަ ބޮޑު ވުމުންނާއި، އިޒްރޭލާ ދެކޮޅަށް ކުރިއަށް ގެންދާ ލޮބީ ކެމްޕެއިންތަކާ ގުޅިގެން އެ ޤައުމުގެ އިޤްތިޞާދީ ޙާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

Advertisement

ޣައްޒާގައި މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުތަކުން ހިންގަމުން ގެންދާ ނަސްލު ގައިދުކުރުމުގެ ޖަރީމާތަކާ ދެކޮޅަށް ލޮބީކުރާ ފަރާތްތަކުން ބުނާގޮތުގައި އިންޑިއާގެ އިންވެސްޓްމަންޓަކީ ސީދާގޮތެއްގައި ހަނގުރާމައަށް ދެވޭ ވަރަށް ބޮޑު އެހީއަކަށް ވާނެއެވެ. އަދި މިއީ ނުސީދާ ގޮތެއްގައި އިޒްރޭލްގެ ޖަރީމާތަކުގައި ބައިވެރިވުން ކަމުގައި ނޫނީ ނުވާނެ ކަމަށެވެ.

އިންޑިއާ އަކީ އަބަދުވެސް އިޒްރޭލާ ގާތް ގުޅުމެއް އޮންނަ ޤައުމެކެވެ. އަދި އިންޑިއާގެ މިހާރުގެ ބޮޑުވަޒީރަކީ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ގާތް ގުޅުމެއް ބާއްވަވާ ވެރިޔެކެވެ.

Advertisement

ކޮމެންޓް