ޕީއެންސީން ރެކޯޑު ހެދި ޖަލްސާގައި މަހުލޫފު ވެސް ސިޔާސީ ބުރު ހަމަކޮށްފި.

މިލައުތުރު | 14 ނޮވެމްބަރ 2025 | ސިޔާސީ

ރާއްޖޭގައި މިހާތަނަަށް ބޭއްވި އެންމެ ބޮޑު ސިޔާސީ ޖަލްސާގައި ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު ސިޔާސީ ރޮގުން ބުރުހަމަކޮށްފި އެވެ.

ދިވެހިރާއްޖޭގައި އުފެދުނު ހުރިހާ ބޮޑެތި ސިޔާސީ ޕާޓީއަކަށް ވެސް ސޮއި ކުރެއްވުމުގެ ޝަރަފު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެވެ. މަހުލޫފު ސިޔާސީ މަސައްކަތް ފެއްޓެވީ ކުރީގެ ޑީއާރުޕީގައެވެ. އޭގެ ފަހުން މަސައްކަތް ކުރެއްވީ ކުރީގެ ރައީސް ޔާމީނާއެކު ޕީޕީއެމްގައެވެ. އެއަށް ފަހު އެމްޑީޕީގައެވެ. އަދި މިރޭން ފެށިގެން މަސައްކަތް ކުރައްވާނީ ޕީއެންސީގައެވެ.

ދިވެހިރާއްޖޭގައި ޕާޓީ ބަދަލުކުރުމަކީ އައިބު ކަމެއް ނޫނެވެ. އަދި ބައެއް މީހުން ދެކޭގޮތުގައި އެއީ ވެސް ބޮޑު ކާމިޔާބެކެވެ. އެމީހަކު ބޭނުން ވަގުތަކު އެމީހަކު ބޭނުން ޕާޓީއަކަށް ބަދަލުވުމުގެ މިނިވަންކަމަކީ ޑިމޮކްރަސީއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.