ދުނިޔޭގެ ސްޕަރ ޕަވަރުގެ ގޮތުގައި އޮތް އެމެރިކާއިން ވެނެޒުއެެލާގައި ހިންގީ ހަޑި މުޑުދާރު ހަނގުރާމައިގެ އަމަލެއް ކަމަށް ބްރެޒިލްގެ ރައީސް ލޫލާ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކުން ޙަމަލާ ދިނުމަށް ފަހު، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯވަނީ އެމެރިކާއިން ވަގަށް ނަގާފައި ކަމަށާއި، އެއީ ޑިމޮކްރަސީއަށްޓަކައި ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ޤުދުރަތީ މުއްސަނދިކަމާއި ތެލުގެ ރިޒާވުން ވައްކަންކުރުމުގެ މަޤުސަދުގައި ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ.
މިއީ ވެނެޒުއެލާއަށް އެމެރިކާއިން ބަޣާވާތެއް ގެނައުމަށް މަސައްކަތްކުރި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. 2002 ވަނަ އަހަރު އެމެރިކާގެ ރައީސް ޖޯޖް ޑަބްލިިޔޫ ބުޝް ވެސް ވަނީ ވެނެޒުއެލާގެ ރައީސް ހޫގޯ ޗާވޭޒް ވަގަށް ނަގާފައެވެ. އެހެން ނަމަވެސް އެފަހަރު އެމެރިކާއަށް ކާމިޔާބުނުވީ، އެ ޤައުމުގެ ރައްޔިތުން ޤައުމުގެ ދިފާއުގައި ތެދުވުމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަނޑު ދަންވަރު އަނެއްކާ ވެސް އެމެރިކާއިން މިވަނީ އެފަދަ ދެވަނަ ޙަމަލާއެއް ވެނެޒުއެެލާއަށް ދީފައެވެ. އަދި ކާމިޔާބުކަމާއެކު އެމީހުންގެ ރައީސް މަދޫރޯ ވަގަށް ނަގައިގެން އެމެރިކާގެ ކިއުޔޯކަށް ގެންގޮސްފައެވެ. މިއީ ދުނިޔޭގެ އެއްވެސް ޤާނޫނަކުން ހުއްދަވާނެ ކަމެއް ނޫނެވެ. ހަތިޔާރާ ބާރު ލިބިފައި އޮތުމަކީ މިނިވަން ދައުލަތަކަށް ޙަމަލާދީ ވެރިން ވަގަށް ނެގޭނެ ސަބަބެއް ނޫނެވެ.
ކިޔުންތެރިންގެ ހިޔާލު