އެނގިލައްވާތޯ: ފިޑެލް ކާސްޓްރޯ އަވަހާރަކޮށްލަން އެމެރިކާއިން 638 ފަހަރު މަސައްކަތްކޮށްފައިވޭ.

މިލައުތުރު | 5 ޖެނުއަރީ 2026 | ރިޕޯޓު

ކިއުބާގެ ކުރީގެ ލީޑަރު ފިޑެލް ކާސްޓްރޯ އަވަހާރަކޮށްލަން އެމެރިކާއިން 638 ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައި ވެއެވެ. އޭގެތެރޭގައި އެމެރިކާގެ އޭޖެންޓުންނާ ސްނައިޕަރުން ކިއުބާއަށް ފޮނުވައިގެން ވެސް މަސައްކަތްކޮށްފައި ވެއެވެ.

އެމެރިކާގެ އެންމެ ބޮޑު އެއް ދުޝްމަނުގެ ގޮތުގައި 90 އަހަރު ވަންދެން ދުނިޔޭގައި ދިރިހުރުމަށް ފަހު އަވާހަފުޅުވީ އަމިއްލަފުޅު ކޮޓަރީގައި ނިދާފައި އޮއްވައެވެ. ބާރުގަދަ އެމެރިކާއަކަށް ވެސް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. އަވަހާރަކޮށްލަން މަސައްކަތްކުރި ކޮންމެ ފަހަރަކު ވެސް ވަނީ ސަލާމަތްވެވަޑައިގެންފައެވެ.

ފިޑެލް ކާސްޓްރޯ ވެވަޑައިގެންފައިވަނީ އެމެރިކާއަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުވިދާޅުވި އަދި އެމެރިކާގެ ފިއްތުންތަކަށް ކުޑަކޮށް ވެސް ބެލުމެއްނެތި ވެރިކަންކުރެއްވި ޖެހިލުން ކުޑަ ވެރިއެއްގެ ގޮތުގައެވެ. ފިޑެލް ކާސްޓްރޯ އަވަހާރަވީ 2016 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.