ށ. އަތޮޅު ވާހަކަދެއްކުމުގެ މުބާރާތް ފެށިގެން ކުރިއަށްދަނީ…

މިލައުތުރު | 25 އޮކްޓޯބަރ 2024 | ޚަބަރު

ށ. އަތޮޅު ކައުންސިލުން އިންތިޒާމުކުރާ އަތޮޅު ވާހަކަދެއްކުމުގެ މުބާރާތް ފެށިގެން ކުރިއަށް ދަނީއެވެ. އެގޮތުން 5 ވަނަ ދަންފަޅީގެ ހުށަހެޅުއްތައް ވެެސް މިހާރު ވަނީ ނިމިފައެވެ.

އަތޮޅުގެ ހުރިހާ ސްކޫލުތަކަށް ފުރުޞަތު ހުޅުވާލައިގެން ކުރިއަށް ގެންދާ ވާހަކަދެއްކުމުގެ މުބާރާތައް ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. އަދި ހުނަރުވެރި އެތަކެއް ވާހަކަދެއްކުންތެރިންނެއް ވަނީ މިހާތަނަށް ފެނިގެންގޮސްފައެވެ.

Advertisement

އަތޮޅުގެ ޒުވާން ޖީލަކީ ވާހަކަދެއްކުންތެރިކަމަށް ކުޅަދާނަ، ފަންނުވެރި، ހުނަރުވެރި އަދި އެކި އެކި ޙާލަތްތަކާ ކުރިމަތިލުމުގެ ހިތްވަރު މިފަދަ މުބާރާތްތަކުން ލިބިގެންދާނެއެވެ. ށ. އަތޮޅު ކައުންސިލަކީ މިފަދަ ތަފާތު ގިނަ ޙަރަކާތްތައް ހިންގުމުގައި މުޅި ރާއްޖެއަށް ވެސް ނަމޫނާ ކައުންސިލެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.