މައިކޮލެޖުން މިއަދު އެކަނި 1590 ދަރިވަރުން ދަސްވެނިވެއްޖެ!

މިލައުތުރު | 30 ނޮވެމްބަރ 2024 | ޚަބަރު

ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަތީ ތަޢުލީމުގެ ޚިދުމަތްދޭ އެއް ކޮލެޖުކަމަށްވާ މިއާންޒް އިންޓަރނޭޝަނަލް ކޮލެޖުގެ ތަފާތު އެކި ކޯސްތަށް ފުރިހަމަކޮށް 1590 ކުދިން މިއަދު ދަސްވެނިވެއްޖެއެވެ.

Advertisement

އެ ކޮލެޖުގެ މިއަހަރުގެ ދެވަނަ ކޮންވޮކޭޝަން ޙަފުލާ އޮތީ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލު ހޯލުގައެވެ. މިރޭ އޮތް ދެވަނަ ދަންފަޅީގެ ޝަރަފުވެރި މެހެމާނަކީ ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

Advertisement

ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެން މާސްޓަރ ޑިގްރީ ފެންވަރުގެ ގިނަ ކޯސްތައް ފުރިހަމަކޮށް ދޮޅުހާހަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެ ސަނަދު ޙާޞިލުކޮށްފައިވެއެވެ. ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގައި މައިކޮލެޖުން މުހިންމު ދައުރެއް އަދާކުރެއެވެ. އެގޮތުން މިހާރު ހިންގަމުން ގެންދާ ކޯސްތަކުގެ އިތުރުން އަންނަ އަހަރު މުޅިން އައު ކޯސްތަކެއް ވެސް ތަޢާރަފުކުރަން ހަމަޖެހިފައިވާކަމަށް މައިކޮލެޖުގެ ރެކްޓަރ ލަމްޔާ އަބްދުލް ހާދީ އިޢުލާން ކުރެއްވިއެވެ.

މައިކޮލެޖު ވެފައިވަނީ މަތީ ތަޢުލީމުގެ ނުހަނު ގިނަ ފުރުޞަތުތަކެއް ފަހިކޮށްދޭ މުއައްސަސާއަކަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕަސްތައް ހިންގަމުން އަންނަ މައިކޮލެޖުން އައްޑޫ ސިޓީގައި އެގްރިކަލްޗަރަލް ސްކޫލެއް ވެސް ހިންގައެވެ. އަދި އެތައްހާސް ދަރިވަރުންނެއް މައިކޮލެޖުގައި އަބަދުވެސް މަތީ ތަޢުލީމު ޙާޞިލުކުރަމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.