ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ މޫނުމަތިން ފެންނަ އެންމެ ހިތްވަރުގަދަ ދެ މޫނު.

މިލައުތުރު | 10 އޭޕްރީލް 2025 | ސިޔާސީ
1

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މޫނުމަތިން ފެންނަ އެންމެ ހިތްވަރުގަދަ އަދި ކެރޭ ދެ ކަނބަލުންނަކީ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފު ކަމުގައި މީހުން ބުނަން ފަށައިފިއެވެ.

ސަރުކާރަށް ދޮޅު އަހަރު ވާން ދާއިރު، ފާހަގަކޮށްލެވޭ ވަރުގެ ކަމެއް ޙާޞިލުކުރެވިފައި ނެތް ނަމަވެސް، ސަރުކާރު ޕްރޮމޯޓް ކުރުމުގައި އެ ދެމީހުން ވަރެއް އަދިވެސް ހަމަ ނެތެވެ. ޕީއެންސީގެ އެހެން ބައެއް އެކްޓިވިސްޓުންގެ އަޑު މިހާރު ވަނީ ވަރަށް ބޮޑަށް ފަނޑު ވެފައެެވެ. އަނެއް ބަޔަކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ސަރުކާރާ މެދު ނުރުހުން ފާޅުކުރަން ވަނީ ފަށާފައެވެ. އަދި ދެން ތިބި ބަޔަކު އެމީހުންގެ ތަރައްޤީގެ ބާނީ ކަމުގައި ޤަބޫލުކުރާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާ އެކު ފްރަންޓް އޮފީހުގައި ކޮފީ ބޮނީއެވެ.

Advertisement

ޝިއުނާ އާއި މަލްޝާގެ މައްސަލަ ރާއްޖޭގެ ޚާރިޖިއްޔާއަށް ބޮޑު ވެގެންދިއުމާއެކު ސިޔާސީ މަޤާމުތަކުން ސަސްޕެންޑް ކުރެއްވި ނަމަވެސް އެއްވެސް ކަނބަލެއް ދުރުކޮށް، ދޫކޮށްލައްވާފައިނުވާ ކަމީ ރައީސް މުޢިއްޒުގެ ހިތްޕުޅުގައި އޮތް އިތުބާރާ ޔަޤީންކަން ރަމްޒުކޮށްދޭ ކަމެކެވެ. އަދި އިންތިހާ މަލާމާތާ ފުރައްސާރައަށް ބެލުމެއްނެތި، އެމީހުންގެ ގޮތުގައި ފައިތިލަތައް ސާބިތުކުޅަ ދެ ފަހުލަވާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އައްޑޫކުއްޖާ
އެންމެ ވަގު މަކަރުވެރި ދެމީހުން