ށ. ފޭދޫ ކައުންސިލުން އެރަށު ސްކޫލްގެ 8 ކުލާސްރޫމް އޭސީ ކޮށްދެނީ.

މިލައުތުރު | 27 އޭޕްރީލް 2025 | ޚަބަރު

ރަށުގެ ތަޢުލީމީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ށ.ފޭދޫ ސްކޫލްގެ ކްލާސްރޫމްތައް އޭސީ ކުރުމަށް 24،000 ބީޓީޔޫގެ 8 އޭސީ ޔުނިޓާ ކަރަންޓް ސާމާނު ށ.ފޭދޫ ކައުންސިލުން ހަދިޔާކޮށްފި އެވެ.

Advertisement

މިއީ ފޭދޫ ކައުންސިލުން 2025 ވަނަ އަހަރު ހިންގުމަށް ކަނޑައަޅާފައިވާ ކަންތައް ތަކުގެ ތެރެއިން ސްކޫލުގެ ޙާލަތު ރަނގަޅު ކުރުމަށް ތާވަލުކުރެވިފައިވާ ކަމެއް ކަމަށާއި، މިކަމަށް ކައުންސިލްގެ ބަޖެޓުން 106،449.12 ރުފިޔާ ހަމަޖައްސާފައިވާ ކަމަށް ފޭދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ.

ފޭދޫ ކައުންސިލްގެ އެހީ ސްކޫލާ ޙަވާލުކޮށްދެއްވީ ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމްއެވެ. ފޭދޫ ސްކޫލްގެ ފަރާތުން އެހީއާ ޙަވާލުވީ ސްކޫލް ހިންގެވުމާ ޙަވާލުވެގެން ހުންނެވި އިސްވެރިޔާ ފާތިމަތު ނާހިދާއެވެ.

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.