ކ. ހިންމަފުށީ ސްކޫލްގެ 8 ކްލާސްރޫމަށް ބޭނުންވާ ހުރިހާ ޑެސްކެއް ބަރަކާ ޗެރިޓީން ހަދިޔާކުރަނީ..

މިލައުތުރު | 7 އޮގަސްޓު 2025 | ޚަބަރު

ކ. ހިންމަފުށީ ސްކޫލްގައި އަލަށް އިމާރާތްކޮށްފައިވާ 8 ކްލާސްރޫމަށް ބޭނުންވާ ހުރިހާ ޑެސްކެއް ބަރަކާ ޗެރިޓީން ހަދިޔާ ކުރުމުގެ ފަހުމުނާމާގައި ދެ ފަރާތުން މިއަދު ސޮއި ކޮށްފިއެވެ.

Advertisement

މި ފަހުމުނާމާގައި ހިންމަފުށީ ސްކޫލްގެ ފަރާތުން ސޮއި ކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް އިނާޝާއެވެ. އަދި ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަޙްމަދު ޒަކީ އެވެ.

މި އެއްބަސްވުމުގެ ދަށުން އެ ސްކޫލަށް ބޭނުންވާ ޑެސްކުގެ އިތުރުން ކޮމްޕިއުޓަރ ލެބްގައި މިހާރު ކުރެވެމުންދާ މަރާމާތަށް ވެސް އެހީތެރިވެދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބަރަކާ ޗެރިޓީ މޯލްޑިވްސް އިން މަޢުލޫމާތު ދެއެވެ. އެގޮތުން ކޮމްޕިއުޓަރ ލެބްގައި ކާޕެޓް އެޅުން ފަދަ ކަންކަން ކޮށްދެއްވާނެއެވެ.

މިއީ ސުވިސް ބަރަކާ ޗެރިޓީން އެ ސްކޫލަށް ދޭ ޑޮނޭޝަނެއް ކަމަށް އެ ފައުންޑޭޝަންގެ ރާއްޖޭގެ ގޮފި ކަމަށްވާ ބަރަކާ ޗެރިޓީ މޯލްޑިވްސް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.