އެސްޑީއެފްސީއަށް ލިބެންޖެހޭ 1.6 ބިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް ރިޕޯޓު

ޝާން މުޙައްމަދު | 3 ސެޕްޓެމްބަރ 2025 | ވިޔަފާރި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަށް ލިބެންޖެހޭ 1.57 ބިލިއަން ރުފިޔާ ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރު ޖެނެރަލް އޮފީހުން އާއްމުކުރި އެސްޑީއެފްސީގެ 2019-2023 ގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2019 އިން 2024 އަށް ފިނޭންސް މިނިސްޓްރީން 1.14 ބިލިއަން ރުފިޔާ އެސްޑީއެފްސީއަށް ދޫކުރިއިރު، 2023 ގެ ނިޔަލަށް އެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.

Advertisement

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން 2023 ގެ ނިޔަލަށް އެސްޑީއެފްސީގެ ރައުސްމާލުން 1،428 ފަރާތަކަށް ލޯނު ދޫކޮށްފައިވެއެވެ. އަދި އެކި ފަރާތްތަކަށް ދޫކުރި 1.57 ބިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން 1.36 ބިލިއަން ރުފިޔާ އަދިވެސް އެ ކުންފުންޏަށް ނުލިބޭއިރު އެ 1.36 ބިލިއަން ރުފިޔާގެ ތެރެއިން 554 މިލިއަން ރުފިޔާއަކީ ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ނުދައްކާތާ ތިން މަހަށް ވުރެ ގިނަދުވަސް ވެފައިވުމުން ނަން ޕާފޯމިން އެސެޓް (އެންޕީއޭ)ގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދެވެ. އެއީ އެސްޑީއެފްސީ އިން ދޫކުރި ލޯނުގެ 41 އިންސައްތައެވެ.

އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި އެސްޑީއެފްސީ އިން ދޫކޮށްފައިވާ 878 މިލިއަން ރުފިޔާގެ ލޯނަށް މަހުން މަހަށް ފައިސާ ދައްކަންޖެހޭ ތާރީހަށް ނުދައްކާތީ 151 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.