އެމްޕީ މުޙައްމަދު އިބްރާހީމް 3 ފްލެޓް ހޯއްދެވީ ވިޔަފާރި އާމްދަނީން ލިބުނު ފައިސާއިން ކުރި ވިޔަފާރި ބަޔާންކޮށްފައެއް ނެތް!

މިލައުތުރު | 5 ސެޕްޓެމްބަރ 2025 | ސިޔާސީ
29

ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އިބްރާހީމްގެ މާލީ ބަޔާނުގައިވާ ގޮތުން ހަރުމުދަލުގެ ގޮތުގައި އަގު ބޮޑު ތިން ފްލެޓް ހޯދީ ވިޔަފާރީގެ އާމްދަނީން ލިބުނު ފައިސާއިން ކަމަށް ބަޔާންކޮށްފައި ވެއެވެ. އެހެން ނަމަވެސް ކުރި ވިޔަފާރިއެއް ބަޔާނުގައި ރިޕޯޓްކޮށްފައެއް ނެތެވެ.

މެންބަރު މުޙައްމަދު އިބްރާހީމްގެ މާލީ ބަޔާނުގައިވާ ގޮތުން 13 އޮގަސްޓް 2025 އާ ހަމައަށް މަޖިލީހުގެ މުސާރަ އާއި ކުންފުނިތަކުން ލިބޭ މުސާރައިގެ ގޮތުގައި 1,278,930.12 ރުފިޔާ ލިބިފައި ވެއެވެ. މީގެ ތެރޭގައި ކުންފުނިން ލިބޭ މުސާރައަކީ ކޮބައިކަމެއް، ކޮން ކުންފުންޏެއް ކަމެއް، ހިއްސާއެއް އޮތްކަމެއް، ނެތްކަމެއް އެނގޭކަށް ނެތެވެ.

Advertisement

މުޙައްމަދު އިބްރާހީމްގެ މާލީ ބަޔާނުން ފާހަގަވާ އަނެއް ކަމަކީ، ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަމުގެ އިތުރުން މުސާރަ ލިބޭ ގޮތަށް އިތުރު ވަޒީފާތައް ވެސް އަަދާކުރައްވާ ކަމެވެ. އަމިއްލަ ކުންފުންޏެއް ނުވަތަ ޕްރައިވެޓް އެހެން ކުންފުންޏެއްގައި ދާއިމީ ވަޒީފާއެއްގައި މުސާރަ ލިބޭ ގޮތަށް މަސައްކަތް ކުރައްވާކަން ހާމަވެއެވެ.

އަދި މާލީ ބަޔާނުގައިވާ ގޮތުން ބޭންކް އޮފް މޯލްޑިވްސްގައިި ރައްކާކުރެވިފައި ހުރީ 487,600.00 ރުފިޔާ އެވެ. ނަމަވެސް އަމިއްލަ ވިޔަފާރި ކުރައްވާކަން ޖުމްލަ ގޮތެއްގައި ބަލައިލުމުން މާލީ ބަޔާނުން ހާމަ ވެއެވެ. އަދި އެ ވިޔަފާރިއަކުން ނުވަތަ ވިޔަފާރިތަކަކުން އާމްދަނީ އާއި ވިޔަފާރީގެ ނަފާ ލިބެމުންދާކަމަށް ބެލެވެއެވެ.

Advertisement

ވިޔަފާރި އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން އަގު ބޮޑު 3 އެޕާޓްމަންޓް ގަނެފައި ވެއެވެ. އެއީ ރެހެންދި-1 ގައި 2.2 މިލިޔަން ރުފިޔާގެ ފްލެޓަކާއި، ރެއިންޓްރީ ހުޅުމާލޭގައި 1.9 މިލިޔަން ރުފިޔާގެ ފްލެޓަކާއި، އެފްޑަބްލިޔޫ ރެސިޑެންސްގައި 4.5 މިލިޔަން ރުފިޔާގެ އަގު ބޮޑު ފްލެޓެކެވެ. އަދި މި ފްލެޓްތައް އެހެން ފަރާތްތަކަށް ކުއްޔަށް ދީގެން އާމްދަނީގެ ގޮތުގައި 735,120.00 ރުފިޔާ ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

H Hassan
Mauloomaathu furihama kuran jeheyne
1 100
އެމްޕީ ވެސް 100 މިލައުތުރު ވެސް 100
W Waleedha
ކޮންކަމެއްތަ ގޯސްވެގެން ތިޔަ އުޅެނީ ސާފެއް ނުވެޔޭ
G Gadir
Nujeheyne hurihaa thafseeleh dheykah
R Rashu Soru
Noosverin zaathee vanee sponsor nudheythee
M MP
Mohamed is oil is business is money is MP
K Karantey
PNC botunthah vaanuvaa neyngi fumenaganee bayaan othee athah govaafa
ނ ނިޒާމު
ތީ ކުޑަކުއްޖަކު ހަދާފައި އޮތް މާލީ ބަޔާނެއް. ތިޔަކުން އެގަހުކޭލެއް މިގަހުކޭލެެއް ނޭނގޭ
F Fookolhu
Zakee fookolhu
G Gondi
Maalee bayaan kamaku nudhey mauloomaath furihama eh nuvey
B Basheer
Kon kunfunithakeh tho, kon magaameh ge musaara tho
M Moosa
Bayaanugai echcheh neiy ekam meehaa ulhenee King eh hen
F Fake
MP ves fake nujassaa
ބ ބަޔާން ފުރިހަމަކުރޭ
މާލީ ބަޔާނުގައި ހިމަނާފައިހުރީ މުހައްމަދު އިބްރާހީމްގެ ތަނަވަސްކަމުގެ 20 އިންސައްތަ، ބާކީ ވަނީ ފޮރުވާފައި
K Kaalhaa Vaalaa
Noosverin tha adhives goasvee
ޖ ޖޯކޭ
މި ޚަބަރުގައި ހުރި ހުރިހާ މަޢުލޫމާތެއް އަދި އަދަދުތަކެއް ވެސް ދިމާވޭ. ހުރީ މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ވެސް ހުރި ގޮތަށް
އ އަލީ
މާލީ ބަޔާން ކިޔާލައިފިން ޚަބަރުގައި މައްސަލައެއް ނެތް. ޚަބަރު އޮތީ މާލީ ބަޔާނާ އެއްގޮތަށް
K Kalhu Kamana
Bayaanugai thafuseelu dheyn vaane. Viyafaari ey theley kiyakas adhi nuvaane
A Azeebe
Thee aharenge beybe eh enme thaneh noon kuyyah dheefaa huree. Eh thanun ves mahaku 30000 libeyne adhi baivaru than than hunnaane report gai nethas. Eynaa akee bodu faisaaveri eh. Maakurin ves theluge viyafaari kuri meehe. Bayaanugai liyefaa nethas engen vaane.
G Gafoor
Furihama mauloomaathu dheyn nukerenee keevve. Foruvaane echcheh othee thaa
ސ ސައްތާރު
ޢިއްޒަތްތެރި މެންބަރު މަޖްލިހަށް ދެއްވާފައިވާ މާލީ ބަޔާނަށް ބަލާއިރު، މި އާޓިކަލްގައި ބޮޑު ގޯހެެއް އޮތްކަމަކަށް ފާހަގައެއް ނުކުރެވޭ. ބައެއް މުހިންމު މަޢުލޫމާތު ބަޔާނުގައި ހިމަނުއްވާފައި ނެތްކަން ފާހަގަކުރެވޭ. ފުރިހަމަ މަޢުލޫމާތު ހާމަކުރުމަކީ މެންބަރުންގެ ޤާނޫނީ ވާޖިބެއް. އެކަން ނުކުރެއްވީމާ ދެން ނިކުންނާނެ ނަތީޖާ އަކީ މިކަހަލަ ބަހުސްތައް ކުރަންޖެހުން. ސިޔާސީ ވެރިން ދެން ނަގާނީ ސިޔާސީ ކުޅިބައި، އެބަޔަކު ވާހަކަދައްކާނީ އެބަޔަކަށް މޮޅަށް.
ހ ހަސަންފުޅު
މި ޚަބަރުގައި މައްސަލައެއް ނެތް. ޚަބަރުގައި އޮތީ މާލީ ބަޔާނުގައި އޮތް އެއްޗެއްގެ ވާހަކަ. މާލީ ބަޔާން ސާފު ނުވާ ވާހަކަ ފުރިހަމަ ނުވާ ވާހަކަ. ޚަބަރުގައި ނެތް ކޮމަންޑޫ ދާއިރާ މައިކަށް މިހާތަނަށް ކަރަންޓް ނާންނަ ވާހަކައެއް. އަދި ދޮގު ހަދާ އޮޅުވާލި ވާހަކައެއް ވެސް. ވިޔަފާރި ކުރިން ނުވަތަ މިހާރު ވެސް ނުކުރާ ވާހަކައެއް ވެސް.
ކ ކަމަނަ މުހައްމަދު
މީ ކަނޑައެޅިގެން ދޮގު ރިޕޯޓެއް. މެންބަރަކަށް އައުމުގެ ކުރިންވެސް 3 ފުލެޓް ހުރޭ. އަބަދުވެސް ވިޔަފާރި ކުރޭ.
A Ali
Bayaanugai liyefaa nethiyyaa oiy kamakah nuvaane
A Ahmed
Mi article liyunu meeha ah hama rangalhah engeynee mp akee viyafaari kuraa meeheh kan.adhi mp ganegaivaa flat thakakee majilihuge gondi ah hovumigr kurin ves mp ganefaivaa flat thakeh kan.meehun ge thereyga mp aa dheytherey nafrath ufedheyne gothah article thah liyumakee zimaadhaaru kameh noo kamah dheken
G GALHI
މުޅިން މަކަރޭ ހަދަނީ ހައިވާނުތައް
ނ ނަޝާތު
އޭނާ އަކީ ތެޔޮދަމަން އުޅުން މީހެއް އެއީ ވަރަށް ފައިދާ ލިބޭކަމެއް.
އ އަބްދޯ
އެމީހުން ބޭނުން އެއްޗެއް ލިޔާނީ. ތިޔަ ބަލާނެ ބަޔަކުވެސް ނެތް. ގައުމުގެ ހަލާކަކީ ތިޔަ މަޖިލިސްކަން އެނގޭ.
މ މަރީ
މުއްލާ ވަގުން