ގޮތް ނޭނގޭ އީމެއިލްއެއް މެދުވެރިކޮށް ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީ ބޮމެއް އޮތްކަމަށް ބުނެ ބަޔަކު ދީފައިވާ އިންޒާރަކާ ގުޅިގެން ދިވެހި ފުލުހުންގެ އިދާރާއިން އެ ސްކޫލްގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
މިހާތަނަށް ބެލި ބެލުމުން އެފަދަ އެއްވެސް ނުރައްކަލެއް ފެނިފައެއް ނުވެއެވެ. އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވެފައިވަނީ ކާކުކަން ނޭނގޭ އީމެއިލްއަކުން އެފަދަ ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތު ދިނީ މުދައްރިސުންތަކެއް ކަމަށެވެ.
މި މައްސަލަ ވަރަށް ސީރިއަސް މައްސަަލައެއްގެ ގޮތުގައި ފުލުހުން ތަޙްޤީޤު ކުރާނެއެވެ.
ކިޔުންތެރިންގެ ހިޔާލު