ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި އއ. ބޮޑުފޮޅުދޫއަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ރަށު ކައުންސިލްގެ ފަރާތުން ހިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއަށް އަރުވައިފި އެވެ.
މި ސަރަފުގެ އަައްޑަނަ އެމަނިކުފާނަށް އަރުވާފައިވަނީ އއ. ބޮޑުފޮޅުދޫ ކައުންސިލުން ދެއްވި ދައުވަތަކަށް މިއަދު އެ ރަށަށް ވަޑައިގަތުމުން އެކަމަށްޓަކައި ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.
ރައީސް ސޯލިހު ބޮޑުފޮޅުދޫއަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވުމަށް ރަށުގެ ކުދި ބޮޑު އެންމެން ނިކުމެފައި ވެއެވެ. ފެނިގެންދިޔައީ އެ ރަށުގެ ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނަށް އޮތް ލޯތްބާއި އިޙްތިރާމުގެ ފުރިހަމަ މިސާލެކެވެ.
މި ދަތުރުގައި ބޮޑުފޮޅުދޫގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކޮށް ކުރިއަށް ހުރި ޕާޓީގެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެ ޕާޓީން މަޢުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ހިޔާލު