މިހާރު މަޖިލިސްއަށް ހުށަހަޅާފައިވާ މީޑިއާތައް ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް އިހުތިޖާޖަށް ނިކުންނަ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް ގިނަވާން ފަށައިފިއެވެ.
މިރޭ އާޓިފިޝަލް ބީޗް ސަރަަޙައްދުގައި އޮތް ހަރަކާތުގައި ވެސް ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައި ވެއެވެ. އަދި މީގެ އިތުރުން ޖެން-ޒީ ޙަރަކާތަށް ވެސް ގިނަ އަދަދެއްގެ ޒުވާނުން ގޮސްފައި ވެއެވެ.
ޖެން-ޒީގެ ހަރަކާތުގައި ބައިވެރިވި ބައެއް ޒުވާނުން ބުނިގޮތުގައި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލް ފާސްކޮށްފިނަމަ، ސޯޝަލް މީޑިއާގައި މިނިވަން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މުޅިން ގެއްލޭނެ ކަމަށާއި، އެގޮތަށް ވާން ދޫކޮށް ނުލާނެ ކަމަށެވެ.
އަދި މިއީ ސަރުކާރުން ދުރާލާ ރާވައިގެން ކުރާކަމެއް ކަމަށާއި، ތިންބާރު މަސްހުނިކޮށްލައިފި ކަމަށާއި، ހަތަރު ވަނަ ބާރަކީ ރައްޔިތުންގެ އަޑު ކަމަށާއި، އެކަން ނިގުޅައިގަންނަން ކުރާ މަސައްކަތް ހުއްޓުވަން ޖެހޭ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު