އިސްލާމިކް މިނިސްޓްރީން ހަދިޔާކުރާ މުޞްޙަތުތައް ބެހުން އުންމީދު ޖަމިއްޔާ އާއި ޙަވާލުކޮށްފި.

މިލައުތުރު | 15 ސެޕްޓެމްބަރ 2025 | ޚަބަރު

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ރަށް ރަށުގެ މިސްކިތްތަކަށް ހަދިޔާކުރާ މުޞްޙަފުތައް އުންމީދު ޖަމިއްޔާ މެދުވެރިކޮށް ރަށު ކައުންސިލްތަކާއި ޙަވާލުކުރުމާބެހޭ އެއްބަސްވުމެއްގައި ދެފަރާތުން ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން މުޞްޙަފު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހއ ހޯރަފުށި، ހދ. ނޮޅިވަރަންފަރު، ހދ. ހަނިމާދޫ، ނ. ހެނބަދޫ، ބ. މާޅޮސް، އއ. ތޮއްޑޫ، ގއ. ކަނޑުހުޅުދޫ އަދި އައްޑޫސިޓީގެ މިސްކިތްތަކެވެ.

Advertisement

އުންމީދު ޖަމިއްޔާ އަކީ ލ. އަތޮޅަށް ނިސްބަތްވާ ހިލޭސާބަހަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތަކެއް ޙަރަކާތްތަކެއް ވަނީ ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.