މާރޓްތަކުގައި ރަތް އާފަލެއް މިހާރު 25 ރުފިޔާއަށް.

މިލައުތުރު | 19 ސެޕްޓެމްބަރ 2025 | ވިޔަފާރި

ތަރުކާރީ އާއި މޭވާގެ އަގުތައް އުފުލެމުންދާ ކަމުގެ ޝަކުވާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި މާރޓްތަކުގައި އާފަލެއްގެ އަގު 25 ރުފިޔާއަށް އަރައިފި އެވެ.

މިލައުތުރުގެ ނޫސްވެރިން މާރޓްތަކުގައި އާފަލުގެ އަގު ހުރި މިންވަރު ދެނެގަތުމަށްޓަކައި އިއްޔެގައި ބައެއް މާރޓްތަކަށް ޒިޔާރަތްކޮށް ބެލުމުން ފާހަގަކުރެވުނީ ބައެއް ބާވަތްތަކުގެ އާފަލުގެ އަގު ބޮޑުތަކުން މައްޗަށް ގޮސްފައިވާ ކަމެވެ. އެގޮތުން ނެދަލޭންޑްގެ ރަތް އާފަލެއްގެ އަގަކީ ފަންސަވީސް ރުފިޔާއެވެ. މިއީ ވެސް ކުރިން 5 ރުފިޔާ އާއި 6 ރުފިޔާ އާ ދެމެދުގެ އަގެއްގައި ލިބެން ހުރި އެއްޗެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

Advertisement

ތަރުކާރީ އާއި މޭވާގެ އަގުތައް އުފުލެމުންދާތީ، ސަރުކާރުން ވަނީ ތަރުކާރީ އާއި މޭވާގެ ބައެއް ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް އެތެރެ ކުރުމަށް ނިންމަވާފައެވެ. މިއީ ބާޒާރުގައި އަގުތައް މަތިވެގެން ދިޔަ ނުދިނުމަށްޓަކައި އެޅުއްވި ފިޔަވަޅެކެވެ. އެގޮތުން މިހާރު އެސްޓީއޯ އިން އޮރެންޖު ވިއްކަންވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.