މިލައުތުރު 2025: ޑިފެންޑިން ޗެމްޕިއަން ކަމުގައިވާ ކަނޑިތީމު ފައިނަލަށް

މިލައުތުރު | 19 އޮކްޓޯބަރ 2025 | ކުޅިވަރު

މިލައުތުރު ފުޓްސަލް މުބާރާތުގައި މިރޭ މަރޮށީ ފުޓުބޯޅަ ކުލަބާ ވާދަކޮށް މުބާރާތުގެ ޑިފެންޑިން ޗެމްޕިއަން ކަމުގައިވާ ކަނޑިތީމު 3 – 1 ގެ ނަތީޖާއިން މޮޅުވެގެން ފައިނަލަށް ދަތުރުކޮށްފި އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ކަނޑިތީމުގެ ޖޯޒީ ނަންބަރު 9 ރައުލް ނިޔާޒް އެވެ.

Advertisement

ކަނޑިތީމަކީ މިއަހަރުގެ މުބާރާތް ހޯސްޓުކުރާ ރަށް ވެސް މެއެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމުގެ ގޮތުގައި އެމީހުން މި އަހަރުގެ މުބާރާތައް ނިކުތީ ޗެމްޕިއަންކަން ދިފާއުކުރާށެވެ. މިރޭގެ މެޗުން މޮޅުވުމުން، އެމީހުންގެ އުންމީދު އާވެގެންދާނެ އެވެ.

މި އަހަރުގެ މިލައުުތުރު ފުޓްސަލް މުބާރާތައް ކަނޑިތީމު ވަނީ ހުރިހާ ގޮތަކުން ވެސް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. މުބާރާތުގެ އިންތިޒާމުތަކުގެ އިތުރުން ޓީމު ވެސް ވަނީ ދުރާލާ ތައްޔާރު ވެފައެވެ.

ފައިނަލުގައި ކަނޑިތީމު ބައްދަލުކުރާނީ ށ. އަތޮޅުގެ ގަދަ ބާރެއް ކަމުގައިވާ މިލަންދޫއާ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.