ތަރައްޤީގެ މަޝްރޫޢުތަކުގައި ކުޑަ ލަސްކަމެއް އަޔަސް، ފަހުން ލިބޭނީ ބޮޑު އުފާވެރިކަމެއް – ރައީސް

މިލައުތުރު | 13 ޑިސެމްބަރ 2025 | ރިޕޯޓު

މި ސަރުކާރުން ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގައި ކުޑަ ލަސްކަމެއް އުޅެނީ އެއްވެސް ކޮރަޕްޝަނެއްނެތި އަދި ކަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާތީކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރ. ދުވާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެއްވެސް ކަމެއް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ނުގެންދެވޭނެ ގޮތަށް ފައްޓަވަން ނުވަތަ ނަމަކަށް އިއުލާންކުރާ ކަމަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށާއި، ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ބޮޑު އުފާވެރިކަމެއް އޮންނާނެ ކަމަށެވެ.

Advertisement

ރައީސް އިތުރަށް ވިދާޅުވީ ބައެއް ކަންކަން ލަސްވަނީ އިގުތިސާދު ކުރިއަަރައިގެންދާ މިންވަރަށް ބަލައިގެން ވަރަށް ވިސްނުންތެރި ކަމާއެކު ކުރައްވަމުން ގެންދަވާތީ ކަމަށެވެ. އަދި އެމަނިކުފާނު ކުރައްވާ ކޮންމެ ކަމެއްވެސް ކުރައްވަނީ އެކަމެއްގެ ޙަޤީޤީ މާނައިގާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.