އަލީ އަމްޖަދު (އަންޖު) އަކީ އެންމެންނާ ވެސް ގުޅޭ ހިތް ހެޔޮ މީހެއް، ކުއްލި ވަކިވުމާއެކު އެކުވެރިންނަށް ޝޮކެއް.

މިލައުތުރު | 8 ޖެނުއަރީ 2026 | ރިޕޯޓު

ޓިކްޓޮކްގައި ބޮޑު މަޤުބޫލުކަމެއް ލިބި މުޅި ރާއްޖޭގެ އެންމެންގެ އެކުވެރި އަލީ އަމްޖަދުގެ ކުއްލި ވަކިވުމާއެކު އެތައް ހާސް ބަޔަކަށް ލިބުނީ ބޮޑު ޝޮކެކެވެ.

އަމްޖަދު ނިޔާވި ޚަބަރު ފެތުރުމާއެކު މޫނު ދެކިލުމަށްޓަކައި ގިނަ ބަޔަކު ހޮސްޕިޓަލަށާއި، ހުޅުމާލޭ ސަހަރާއަށް ޒިޔާރަތް ކުރިއެވެ. އަދި މިހާރު ވެސް ސަހަރާއަށް ޒިޔާރަތްކުރަމުން އެބަ ގެންދެއެވެ.

އަމްޖަދު ފާހަގަކުރެވެނީ ވަރަށް ހިތް ހެޔޮ އެންމެންނާ ވެސް ގުޅޭ މީހެއްގެ ގޮތުގައެވެ. އަދި ދަންނަ ކޮންމެ މީހަކު ފެނުނަސް ސައި ނުވަތަ ކޮފީ ދީ އެކުވެރިކަން ދަމަހައްޓާ މީހެއްގެ ގޮތުގައެވެ. އަދި އެއްވެސް އިރެއްގައި އެހެން މީހުންގެ ގާތުން ސަޔަށް ކޮފީއަށް ކިޔާ އުޅުނު މީހެއް ނޫނެވެ. ހެއްވާ މަޖާ މިޒާޖެއްގެ އެހެން ނަމަވެސް ހިތް ހެޔޮ އުފާވެރި ދިރިއުޅުމެއް އުޅެމުން ގެންދިޔަ ޒުވާނެކެވެ.

އަލީ އަމްޖަދުގެ މައްޗަށް ކަށުނަމާދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ ފަތިސް ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ. ވީހާވެސް ގިނަ ބަޔަކު ކަށުނަމާދުގައި ބައިވެރިވެދެއްވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ. އަލީ އަމްޖަދު ނިޔާވިއިރު އުމުރަކީ އެންމެ 41 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.